އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ނ. މަގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ - އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގެ ވޯޓު ނެގުން.

ނަންބަރު:IUL)38-CA/38/2021/565)

 

އިޢުލާން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގެ ވޯޓު ނެގުން.

2021 އޭޕްރިލް 10 ވީ ހޮނިހިރު ދުވަހު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި، ނ. މަގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ،

ގަވާއިދު : (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު) ގެ 40  ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މި އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ.

ނ. މަގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ 2 ކެންޑިޑޭޓުން ތިރީގައި އެވަނީއެވެ.

ނ. މަގޫދޫ އަންހެނުންގެ ތަރައްޤީއަށްމަސައްކަތްކުރާ ކޮމިޓީ

 ކެންޑިޑޭޓް ނަންބަރު 1

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، ސަޢީދާ ހާރޫން (ސައިއްޓޭ)، ރަތްވިލާގެ، ނ. މަގޫދޫ؛ ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ހ. ޝަރާޝާ (ގްރައުންޑް ފްލޯރ)، މާލެ

 ކެންޑިޑޭޓް ނަންބަރު 8

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެންޑިޑޭޓް، މާޖިދާ ޙަސަން، ލަކީސްޓާރ، ނ. މަގޫދޫ؛ ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ހ. ހުރަފަ، މާލެ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާ ދާއިރާތަކުގައި ވޯޓު ނެގުން އޮންނާނީ، 2021 މެއި 01 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ން ހަވީރު 16:00 އަށެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ 2021 މެއި 04 ވާ އަންގާރަ ދުވަހުގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ރަމަޟާން  1442

 

25 އޭޕްރިލް 2021
ހޯދާ