އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
މ. ރަތްމަންދޫ ކައުންސިލްގެ ރައީސް - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގެ ވޯޓު ނެގުން.

 (IUL)38-CA/38/2021/570 :ނަންބަރު

އިޢުލާން

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގެ ވޯޓު ނެގުން.

2021 އޭޕްރިލް 10 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި، މ. ރަތްމަންދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ،

ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 22  ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މި އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ.

މ. ރަތްމަންދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ 2 ކެންޑިޑޭޓުން ތިރީގައި އެވަނީއެވެ.

 މ. ރަތްމަންދޫ ކައުންސިލްގެރައީސް

ކެންޑިޑޭޓް ނަންބަރު 5 

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެންޑިޑޭޓް،  އަޙްމަދު ވަދީފް، ރިހިވެލި / މ. ރަތްމަންދޫ؛ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ރިހިވެލި / މ. ރަތްމަންދޫ

ކެންޑިޑޭޓް ނަންބަރު 6 

އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް،  އިސްމާޢީލް ނާހިދު (އިއްސެ)، ރެޑިޔަމްގެ / މ. ރަތްމަންދޫ؛ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ރެޑިޔަމްގެ / މ. ރަތްމަންދޫ

އަމިއްލަގޮތުން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ވޯޓު ނެގުން އޮންނާނީ، 2021 މެއި 01 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ހަވީރު 16:00 އަށެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2021 މެއި 04 ވާ އަންގާރަ ދުވަހުގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ރަމަޟާން  1442

 

25 އޭޕްރިލް 2021
ހޯދާ