އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލ. މާވަށު ކައުންސިލްގެ ރައީސް - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ އިތުރު ބުރުގެ ވޯޓު ނެގުން.

 (IUL)38-CA/38/2021/573 :ނަންބަރު

 

އިޢުލާން

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ އިތުރު ބުރުގެ ވޯޓު ނެގުން.

2021 އޭޕްރިލް 10 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި، ލ. މާވަށުގައި ބެހެއްޓި ލ.މާވަށް-2 (O6.2) ނަންބަރު ވޯޓުފޮށްޓަށް ލ. މާވަށު ދާއިރާ ނޫން މީހަކު އެދާއިރާއަށް ވޯޓުލާފައިވާކަން ހާމަވެފައިވާތީ،

މި ވޯޓުގެ ސަބަބުން ލ. މާވަށު ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް ވާދަކުރާ 2 ކެންޑިޑޭޓުންނާއި، ލ. މާވަށު ކައުންސިލްގެ މެންބަރުކަމުގެ މަޤާމަށް ވާދަކުރާ 2 ކެންޑިޑޭޓުންގެ ވޯޓުގެ ނަތީޖާއަށް އަސަރުކޮށްފާނެ ކަމުގެ އިޙްތިމާލު އޮތުމުން،

ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ ދަށުން ލ. މާވަށުގައި ބެހެއްޓި ލ. މާވަށް-2 (O6.2) ނަންބަރު ވޯޓުފޮށްޓަށް  ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ލ. މާވަށުގެ ރައްޔިތުންގެ މެދުގައި އަލުން ވޯޓުލައިގެން އިތުރު ބުރެއް ބޭއްވުމަށް މިކޮމިޝަނުން ވަނީ ނިންމާފައެވެ.

ލ. މާވަށު ކައުންސިލްގެ ރައީސް އަދި ލ.މާވަށު ކައުންސިލްގެ މެންބަރުކަމުގެ މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ އިތުރު ބުރުގައި ވާދަކުރާ ކެންޑިޑޭޓުން ތިރީގައި އެވަނީއެވެ.

 ލ. މާވަށު ކައުންސިލްގެ ރައީސް

 ކެންޑިޑޭޓް ނަންބަރު 3

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، އާދަމް ޢަބްދުއްރަޙްމާން، އޯޝަންވޭވް / ލ. މާވަށް؛ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ޖޭމުގެ / ލ. މާވަށް

ކެންޑިޑޭޓް ނަންބަރު 4 

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެންޑިޑޭޓް،  އަޙްމަދު މޫސާ، އާފަރު / ލ. މާވަށް؛ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: އާފަރު / ލ. މާވަށް

 ލ. މާވަށު ކައުންސިލް މެންބަރު

ކެންޑިޑޭޓް ނަންބަރު 12 

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، ޙަސަން ޝިފާޒު، ބަގީޗާގެ / ލ. މާވަށް؛ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ބަގީޗާގެ / ލ. މާވަށް

ކެންޑިޑޭޓް ނަންބަރު 14 

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެންޑިޑޭޓް،  އިބްރާހީމް އަބޫބަކުރު، މަންޒިލް / ލ. މާވަށް؛ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: މަންޒިލް / ލ. މާވަށް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ އިތުރު ބުރުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ވޯޓު ނެގުން އޮންނާނީ، 2021 މެއި 01 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ހަވީރު 16:00 އަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2021 މެއި 04 ވާ އަންގާރަ ދުވަހުގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ރަމަޟާން  1442

 

25 އޭޕްރިލް 2021
ހޯދާ