އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ހއ. ތަކަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގެ ވޯޓު ނެގުން.

(IUL)38-CA/38/2021/564 :ނަންބަރު 

 

އިޢުލާން

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގެ ވޯޓު ނެގުން.

2021 އޭޕްރިލް 10 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި، ހއ. ތަކަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ،

ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 22  ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މި އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ.

ހއ. ތަކަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ 2 ކެންޑިޑޭޓުން ތިރީގައި އެވަނީއެވެ.

 ހއ. ތަކަންދޫ ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި

ކެންޑިޑޭޓް ނަންބަރު 5

އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް،  އާމިނަތު ޒީނާ، ބިއުޓީފުލާވަރ / ހއ. ތަކަންދޫ؛ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ބިއުޓީފުލާވަރ / ހއ. ތަކަންދޫ

އަމިއްލަގޮތުން 

ކެންޑިޑޭޓް ނަންބަރު 6

އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް،  ޢާއިޝަތު ޢާޞިފާ، ގުލްފާމްގެ / ހއ. ތަކަންދޫ؛ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ކޮތަރިވިލާ / ހއ. ތަކަންދޫ

އަމިއްލަގޮތުން 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ވޯޓު ނެގުން އޮންނާނީ، 2021 މެއި 01 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ހަވީރު 16:00 އަށެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2021 މެއި 04 ވާ އަންގާރަ ދުވަހުގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ރަމަޟާން  1442

 

25 އޭޕްރިލް 2021
ހޯދާ