އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ފ. ދަރަނބޫދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގެ ވޯޓު ނެގުން.

 (IUL)38-CA/38/2021/571 :ނަންބަރު

 

އިޢުލާން

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގެ ވޯޓު ނެގުން.

2021 އޭޕްރިލް 10 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި، ފ. ދަރަނބޫދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ،

ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 22  ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މި އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ.

ފ. ދަރަނބޫދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ވާދަކުރާ 2 ކެންޑިޑޭޓުން ތިރީގައި އެވަނީއެވެ.

 ފ. ދަރަނބޫދޫ ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި

 ކެންޑިޑޭޓް ނަންބަރު 6

ޢަދާލަތު ޕާޓީގެ ކެންޑިޑޭޓް، ރިޝްފާ އަޙްމަދު، ވިކްޓަރީހައުސް / ފ. ދަރަނބޫދޫ؛ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ވިކްޓަރީހައުސް / ފ. ދަރަނބޫދޫ

ނަންބަރު 6

ކެންޑިޑޭޓް ނަންބަރު 7 

ޢަދާލަތު ޕާޓީގެ ކެންޑިޑޭޓް، ޝާޢިރާ އިސްމާޢީލް ރަޝީދު، ނޫރާނީވިލާ / ފ. ދަރަނބޫދޫ؛ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ނޫރާނީވިލާ / ފ. ދަރަނބޫދޫ

  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ ދެވަނަ ބުރުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ވޯޓު ނެގުން އޮންނާނީ، 2021 މެއި 01 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ހަވީރު 16:00 އަށެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2021 މެއި 04 ވާ އަންގާރަ ދުވަހުގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ރަމަޟާން  1442

 

25 އޭޕްރިލް 2021
ހޯދާ