މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                  ނަންބަރ: MTCC-HRD/IU/2021/0210

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ކޮންޕެނީ ސެކްރެޓަރީ ޑިވިޜަން

މަޤާމް:

ސީނިއަރ މެނޭޖަރ

ބޭނުންވާ އަދަދު:           

 1

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.(

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • 20،350ރ – 23،350ރ ދެމެދު
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އެމްޓީސީ ޓަވަރ (ބޯޑް އެންޑް ކޮމިޓީ)

ޝަރުޠު                 

  • ބިޒްނަސް ލޯ، އެޑްމިނިސްޓްރޭޓްރޭޝަން ނުވަތަ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއިއެކު މަގާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 04 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ބިޒްނަސް ލޯ، އެޑްމިނިސްޓްރޭޓްރޭޝަން ނުވަތަ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިޕްލޮމާ  ނުވަތަ އެސޯޝިއޭޓް ޑިގްރީ  ހާސިލްކޮށްފައިވުމާއިއެކު މަގާމާއި ގުޅޭދާއިރާއަކުން މަދުވެގެން 05 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގެ މަސްޢޫލިއްޔަތުތައް:

  • މިމަޤާމުގެ މަސްޢޫލިއްޔަތު ގެ ތަފްސީލް، ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

ޓްރޭޑިންގް ޑިވިޜަނަށް ބޭނުންވާ މަޤާމުތައް

މަޤާމް:

ސޭލްސް އޮފިސަރ

ބޭނުންވާ އަދަދު:           

 01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • މުސާރަ :  13,000-17,000 ރ. އާއި ދެމެދު   
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.
  • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

ވަޒިފާ އަދާކުރަންޖެހޭ ތަން:

އެމްޓިސީސީ ސޯމިލް

ޝަރުޠު:                 

  • މަގާމާއި ގުޅޭދާއިރާއަކުން އެ.އެން.އިއު.އެފް ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު މަގާމާއި ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ޖީސީއީ އޭލެވެލްގެ 03 މާއްދާއިން ސީފާސް ލިބިފައި ވުމާއެކު މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • މައިކްރޮސޮފްޓް އެކްސެލް އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
  • އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

މިމަޤާމުގެ މަސްޢޫލިއްޔަތު ގެ ތަފްސީލް، ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 02 މެއި 2021 ވަނަ ދުވަހުގެ 15:00 ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހެޅޭނި ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. 

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001100/ 3001120 / 3001149 

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

25 އޭޕްރިލް 2021

25 އޭޕްރިލް 2021
ހޯދާ