މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އެސިސްޓެންޑް ޕޮރޮޖެކްޓް ކޯރޑިނޭޓަރ

އެސިސްޓެންޑް ޕޮރޮޖެކްޓް ކޯރޑިނޭޓަރ – ފޯމިއުލޭޝަން އޮފް ޓެކްނޮލޮޖީ ނީޑްސް އެސަސްމަންޓް

 

އ.ދ.ގެ ތިމާވެއްޓާ ބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އަދި ޓެކްނިކަލް ޔުނިވާރސިޓީ އޮފް ޑެންމާރކް (ޑީ.ޓީ.ޔޫ)، ގުޅިގެން އެކުލަވާލާފައިވާ ޕާރޓްނާރޝިޕް (ޔޫ.ޑީ.ޕީ) އާއި މި މިނިސްޓްރީ ގުޅިގެން،  މޫސުމަށް އަންނަ ބަދަލުތައް ކުޑަ ކުރުމަށާއި ހޭނުމަށް ރާއްޖޭގައި ބޭނުން ކުރެވިދާނެ ޓެކްނޮލޮޖީތައް ދެނެގަތުމަށް، "ޓެކްނޮލޮޖީ ނީޑްސް އެސެސްމަންޓް(ޓީ.އެން.އޭ)" އެއް ތައްޔާރުކުރުމުގެ މަޝްރޫޢަށް އެސިސްޓެންޑް ޕޮރޮޖެކްޓް ކޯރޑިނޭޓަރ އެއް އައްޔަނު ކުރުމަށް ބޭނުންވެއެވެ.

މިމަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، މޫސުމަށް އަންނަ ބަދަލުތައް ކުޑަ ކުރުމަށާއި ހޭނުމަށް ރާއްޖޭގައި ބޭނުން ކުރެވިދާނެ ޓެކްނޮލޮޖީތައް ދެނެގަތުމަށް، "ޓެކްނޮލޮޖީ ނީޑްސް އެސެސްމަންޓް(ޓީ.އެން.އޭ)" ތައްޔާރު ކުރުމެވެ.

 

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފެރެންސް" ޑައުންލޯޑް ކުރެވޭ ގޮތަށް، މި އިޢުލާނާއި އެކު ހިމަނާފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

 

ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "ޓާރމްސް އޮފް ރިފަރެންސް" ގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު 03 މެއި 2021 ދުވަހުގެ 1200 ގެ ނިޔަލަށް ތިރީގައިވާ އެޑްރެހަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުއްވުންއެދެމެވެ.

 

ހިއުމަން ރިސޯސަސް ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ގްރީން ބިލްޑިންގ،ހަނދުވަރީ ހިނގުން،

މާލެ، ދިވެހިރާއްޖެ

 

25 އޭޕްރީލް 2021

25 އޭޕްރިލް 2021
ހޯދާ