މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބާއިންޖީންގެ އިމާރާތް ގިޔޮގަޑު ރޫޅާ އިމާރާތުގެ އެތެރޭގައިވާ ތަކެތި މިކައުންސިލުން ދައްކާ ތަނަކަށް ގެންގޮސް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަމްބަރ: IUL-303- AS/2021/27 20 އެޕްރީލް 2021 ގެ އިޢުލާނަށް އެއްވެސް ފަރަތަކުން އިޖާބަ ދީފައި ނުވާތީ އަލުން ފުރުސަތު ހުޅުވާލަމެވެ.

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

        އުނގޫފާރު، ދިވެހިރާއްޖެ                                   ނަންބަރު: (IUL)303-AS/2021/28                

އިޢުލާން

ރައްޔިތުންގެ ބާއިންޖީންގެ އިމާރާތް ގިޔޮގަޑު ރޫޅާ އިމާރާތުގެ އެތެރޭގައިވާ ތަކެތި މިކައުންސިލުން ދައްކާ ތަނަކަށް ގެންގޮސް ބަހައްޓައިދޭނެ ފަރާތެއްހޯދުމަށް ކުރެވުނު މިއިދާރާގެ ނަމްބަރ: IUL-303- AS/2021/27   20 އެޕްރީލް 2021 ގެ އިޢުލާނަށް އެއްވެސް ފަރަތަކުން އިޖާބަ ދީފައި ނުވާތީ އަލުން ފުރުސަތު ހުޅުވާލަމެވެ.

 

     މިކައުންސިލުން ކުރިން ބޭނުންކުރަމުންދިޔަ އިންޖީންގެ އިމާރާތް ރޫޅާލާ އިމާރާތުގެ އެތެރޭގައިވާ ތަކެތި މިއިދާރާއިން ދައްކާ ތަނެއްގައި ބަހައްޓައި ދިނުމަށް އެދޭފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 27 އޭޕްރީލް 2021ވާ އަންގާރަ ދުވަހުގެ 11:00ގައި މިއިދާރާގައެވެ. މިމަސައްކަތް ކޮށްދިނުމަށް އެދިހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވާނީ 29 އޭޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިއިދާރާގައެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ރައްޔިތުންގެ ބާއިންޖީންގެ އިމާރާތް ހުސްކުރުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.             

     އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ ރައީސް އަބްދުންނާޞިރު ޢަލީ ގެނަމްބަރ 9755327 ގުޅުއްވުން އެދެމެވެ.                 

ތިރީގައި އެވަނީ މިމަސައްކަތަށް މާކުސްދިނުމަށް ހަމަޖެހިފައިވާގޮތެވެ.

1- ހުށަހަޅާ އަގަށް:  (80 މާކުސް)

2- މުއްދަތަށް: (15 މާކުސް)

3- މާލީތަނަވަސް ކަމަށް  (5 މާކުސް)

          13 ރަމަޝާން 1442     

          25 އޭޕްރީލް 2021     

25 އޭޕްރިލް 2021
ހޯދާ