އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް VRV4 އޭސީގެ އައުޓްޑޯރ ޔުނިޓެއް ހޯދުމަށް

ވެލާނާގޭ 02 ވަނަ ފަންގިފިލާއިން މި އޮފީހަށް ލިބިފައިވާ ބައިގައި މިހާރު ބަހައްޓާފައިވާ ޑައިކިން VRV2 އެސީ އައުޓްޑޯރ ޔުނިޓް ހަލާކުވެފައިވާތީ އެ ޔުނިޓުގެ ބަދަލުގައި VRV4 ގެ ޔުނިޓެއް ބެހެއްޓުމަށް ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 އެޕްރީލް 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އޮފިހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 މެއި 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި ޕޮއިންޓްދޭނެ އުސޫލު މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް ހަވާލުކުރެވޭނެއެވެ. އަދި މަޢުލޫމާތު ސެޝަނަށްފަހު މި އޮފީހުގެ ވެބްސައިޓު www.agoffice.gov.mv ގައި ޝާއިޢު ކުރެވޭނެއެވެ.

22 އޭޕްރިލް 2021
ހޯދާ