މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަސް ވެފައިވާ މުދަލާއި ގުޅޭ.

މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއާރ ނުކޮށް ގިނަދުވަސްވީ މުދަލުގެ ތަފްޞީލް އެޓޭޗްކުރެވިފައިވާ ލިސްޓްގައިވާނެއެވެ.

ވީމާ، މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި މިމުދާތައް ބަނދަރުން ކްލިއަރ ކުރެއްވުމަށް މުދަލުގެ ވެރިފަރާތްތަކަށް ދަންނަވަމެވެ. ދެންނެވުނު މުދަލުގެ ތެރޭގައި ކަމާބެހޭ އެއްވެސް މުޢައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާނަމަވެސް އެތަކެއްޗާއިމެދު ވަކިގޮތެއް ނިންމުމަށްފަހު ބަނދަރުން ކްލިއާރ ކުރުމަށް ނުވަތަ ނައްތާލުމަށް ދަންނަވަމެވެ.

މިމުއްދަތުގެ ތެރޭގައި މުދާ ނުގެންދަވައިފިނަމަ، މިފަދަ މުދަލާއިމެދު ޢަމަލު ކުރުމަށް މިކުންފުނީގައި ހަމަޖެހިފައި އޮންނަ ޤަވާއިދުގެ ދަށުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ނީލަމުގައި ވިއްކާނުލެވޭ މުދާ ނައްތާލުމަށްފަހު، އެމުދަލެއް ނައްތާލުމަށް ހިނގާ ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލްކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

22 އޭޕްރިލް 2021
ހޯދާ