އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިކުންފުނިން ދޭ ސްޕެސިފިކޭޝަން އާއި އެއްގޮތަށް ތިރީގައިމިވާ ތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަން މިކުންފުނިން ކުރި ނަންބަރު:AGRO/PRO/TD/2021/04 އިޢުލާނާއި ގުޅިގެން، ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުތަކެއްކަމުގައި ފެންނާތީ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.                                        

6000 ކަރުދާސް ފޮށި

6000 ތުނި ގޯނި

2000 ޓޭޕް ރޯލް

4000 ބާސްކެޓް

ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 އެޕްރީލް 26 ގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވަން ފޮނުވާ އީމެއިލްގައި، އިޢުލާން ނަންބަރާއި، ކުންފުނީގެ ނަމާއި ގުޅޭނެ ފޯން ނަންބަރު ހިމެނުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2021 އެޕްރީލް 29 ވަނަ ދުވަހުގެ 14:00 ގައި އެގްރޯނޭޝަނަލް ކޯޕަރޭޝަން (ހ. އޯކިޑް 8 ވަނަ ފަންގިފިލާ، އަމީރުއަހްމަދު މަގު ) ގެ  ހެޑް އޮފީހުގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު އިއުލާނާއެކު ގެޒެޓް ކުރެވިފައި ވާނެއެވެ. 

22 އޭޕްރިލް 2021
ހޯދާ