ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހއ ތުރާކުނު ކައުންސިލާއި ޞިއްޙީމަރުކަޒާއި ދެމެދު ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް

އިޢުލާން

       މި ޞިއްޙީމަރުކަޒަށް ފައިބަރ ނެޓްވޯރކް ކޭބަލް އެޅުމަށްޓަކައި ތުރާކުނު ކައުންސިލް ިދާރާއިން މިމަރުކަޒައި ހަމައަށް މަގު 

ކޮނެދޭނެ ފަރާތެއް ބޭނުންވެއެވެ.

       ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  27 އެޕްރީލް 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ށް މިއިދާރާއަށް 

ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 04 މެއި 2021  ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ 

ހިސާބު ހުށަހެޅުއްވުން އެދެމެވެ.

      މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 18/2014) ގެ

ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ 

ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ެންނެވުން އެދެމެވެ.

      އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ  04 މެއި 2021  ވާ އަންގާރަ ދުވަހުގެ  ހެނދުނު 11:00  ގައި މިއިދާރާގެ ބިޑް 

އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި،

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވެރިފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ވެރިފަރާތުގެ 

ސިޓީއެއް ގެންނެވުން އެދެމެވެ.

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދު ނޫންދުވަސްދުވަހުގެ ހެނދުނު 9:30 އިން 12:00 އަށް މިއިދާރާގެ 

ނަމްބަރު 6500563 ފޯނަށް ގުޅުއްވުން އެދެމެވެ.     

       މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

22 އޭޕްރިލް 2021
ހޯދާ