ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، އެސްޓީއޯ ގދ. ތިނަދޫ ފިހާރައިގެ 6 (ހައެއް) ރެކު، މުދާ ޖައްސައިގެން ވިޔަފާރިކުރުމަށް ކުއްޔަށް ދިނުން.

01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، އެސްޓީއޯ ގދ. ތިނަދޫ ފިހާރައިގެ 6 (ހައެއް) ރެކު، މުދާ ޖައްސައިގެން ވިޔަފާރިކުރުމަށް ކުއްޔަށް ދިނުމަށް އިއުލާނު ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީކުރުންރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2021 އޭޕްރީލް 28 ވާ ދުވަހުގެ 1400 ގެ ކުރިން ތިރީގައިވާ އީމެއިލް މެދުވެރިކޮށް ނުވަތަ އެސްޓީއޯ ގދ.ތިނަދޫ ފިހާރައަށް ދުރުވެ ރަޖިސްޓްރީ ކުރަންވާނެއެެވެ.

 އީމެއިލް: [email protected]

ބީލަންކަރުދާސް ދޫކުރުން:  ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2021 އޭޕްރީލް 28 ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2021 އޭޕްރީލް 29 ވަނަ ދުވަހު 1400 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ގދ. ތިނަދޫ ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއިޖަވާބުރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2021 މެއި 02 ވަނަ ދުވަހުގެ 1400 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2021 މެއި 03 ވާ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސްބީލަންކަރުދާސް ހުށަހަޅަންވާނީ އީމެއިލް މެދުވެރިކޮށް، 2021 މެއި 06 ވާ ދުވަހު 1400 ގެ ކުރިން [email protected]  އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަންކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ފޮނުވާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:  3344374

އީމެއިލް: [email protected]

 

21 އޭޕްރިލް 2021
ހޯދާ