ދިވެހިރާއްޖެ
އިޢުލާން
މި ޔުނިވަރުސިޓީގެ ރިސަރޗް ޑިވެލޮޕްމެންޓް އޮފީހަށް ވެބް ޕޯރޓަލެއް އުފައްދާން ބޭނުންވެއެވެ. މި ޕޯރޓަލްގެ ބޭނުމަކީ ދިރާސާކުރާ މުވައްޒަފުންނަށާއި ދަރިވަރުންނަށް ދޭން ޖެހޭ އެންމެހައި ހިދުމަތްތަކެއް އެއްކޮށް އޮންލައިނުން ދިނުމާއި ށާއިއުކުރާން ޖެހޭ އެންމެހައި ދިރާސާ ރިޕޯޓުތަކާއި މައުލޫމާތާއި އިއުލާންތަކާއި އެންގުންތަކާއި ލިޔުންތަކާއި ފޮޓޯތަކާއި އޯޑިއޯއާއި ވީޑިއޯ ޕޯރޓަލުގައި ނުވަތަ ޕޯރޓަލު މެދުވެރިކޮށް ފޯރުކޮށް ދިނުމާއި މި ޔުނިވަރުސިޓީއިން އިންތިޒާމުކުރާ ތެވެލި ކޮންފަރެންސާއި ށާއިއުކުރާ މޯލްޑިވްސް ޖަރނަލް އޮފް ރިސަރޗްގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމެވެ. މި ޔުނިވަރުސިޓީއިން މި މަށުރޫއުގެ ތަފުސީލީ މައުލޫމާތު ދިނުން އޮންނާނީ 2 މޭ 2021 އާދީއްތަ ދުވަހުގެ މކ 10:30 އިން 11:30 އަށް ގައި އޮންލައިން ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި މަށުރޫއުގެ ތަފުސީލީ އިހުތިސޯސްތައް ހިއްސާކުރެވޭނެ އެވެ.
މި މަށުރޫއަށް ވާދަކުރައްވާން ބޭނުންފުޅުވާ ފަރާތްތަކުން ރިސަރޗް ޑިވެލޮޕްމެންޓް އޮފީހުގެ [email protected] އަށް ނަމާއި ގުޅޭނޭ މޯބައިލް ނަންބަރު އީމޭލް ކުރެއްވުން އެދެމެވެ. އީމޭލުގެ ސަބްޖެކްޓް ރޮނގުގައި
MNU Research Development Office Web Portal Development
މިހެން ލިޔުންއްވުން އެދެމެވެ. މި މަށުރޫއަށް ކުރިމަތިލެވޭނީ ދިވެހި ފަރުދުންނަށާއި ރަށްވެހި (ފޮރިން އިންވެސްޓްމެންޓް ނޫން) ވިޔަފާރިތަކަށެވެ.
ބީލަން ހިސާބު ހުށަހަޅުއްވާނީ 18 މޭ 2021 އަންގާރަ ދުވަހު މކ 10:30 އާއި 10:45 އާ ދެމެދު [email protected] އަށެވެ. ބީލަން ހިސާބު އޮންނާންވާ ގޮތުގެ ނަމޫނާއާއި ހުށަހެޅުއްވުމުގެ ތަރުތީބު މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެ ބައްދަލުވުމުގެ ވަގުތުގެ ތެރޭގައި ފޯރުކޮށް ދެވޭނެއެވެ.
މަސައްކަތް ނިންމުމުގެ މުއްދަތަކީ އެއްބަސްވުމުގެ ތާރީހުން ފެށިގެން (ބަންދުދުވަސްތައް ވެސް ހިމަނައިގެން) 90 ދުވަހެވެ.
ބީލަން ދިރާސާކުރެވޭނީ އަންނަނިވި އުންސުރުތަކަށް ކަނޑައެޅިފައި އެވާ މާކުހުގެ މައްޗަށް ބިނާކޮށެވެ.
- އެންމެ އެކަށީގެންވާ އަގަށް 35 މާކުސް
- އަމަލީ ފަސޭހަކަމާއި ފަހެލިކަމަށް 25 މާކުސް
- ފަރުމާގެ ސާދާކަމާއި ރީތިކަމަށް 20 މާކުސް
- ވޮރަންޓީ އާއި ވިކުރާ ފަސް ހިދުމަތްތަކަށް 10 މާކުސް
- ތަޖުރިބާއަށް 10 މާކުސް