މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބާއިންޖީންގެ އިމާރާތް ގިޔޮގަޑު ރޫޅާ އިމާރާތުގެ އެތެރޭގައިވާ ތަކެތި މިކައުންސިލުން ދައްކާ ތަނަކަށް ގެންގޮސް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

        އުނގޫފާރު، ދިވެހިރާއްޖެ                                   ނަންބަރު: IUL-303-AS/2021/27            

އިޢުލާންރައްޔިތުންގެ ބާއިންޖީންގެ އިމާރާތް ގިޔޮގަޑު ރޫޅާ އިމާރާތުގެ އެތެރޭގައިވާ ތަކެތި މިކައުންސިލުން ދައްކާ ތަނަކަށް ގެންގޮސް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

       މިކައުންސިލުން ކުރިން ބޭނުންކުރަމުންދިޔަ އިންޖީންގެ އިމާރާތް ރޫޅާލާ އިމާރާތުގެ އެތެރޭގައިވާ ތަކެތި މިއިދާރާއިން ދައްކާ ތަނެއްގައި ބަހައްޓައި ދިނުމަށް އެދޭފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 25 އޭޕްރީލް 2021ވާ އާދިއްތަ ދުވަހުގެ 10:00ގައި މިއިދާރާގައެވެ. މިމަސައްކަތް ކޮށްދިނުމަށް އެދިހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވާނީ 27 އޭޕްރީލް 2021 ވާ އަންގާރަ ދުވަހުގެ 10:00ގައި މިއިދާރާގައެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ރައްޔިތުންގެ ބާއިންޖީންގެ އިމާރާތް ހުސްކުރުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.             

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ ރައީސް އަބްދުންނާޞިރު ޢަލީ ގެނަމްބަރ 9755327 ގުޅުއްވުން އެދެމެވެ.                 

ތިރީގައި އެވަނީ މިމަސައްކަތަށް މާކުސްދިނުމަށް ހަމަޖެހިފައިވާގޮތެވެ.

1- ހުށަހަޅާ އަގަށް: %80 (މާކުސް)

2- މުއްދަތަށް: 15(މާކުސް)

3- މާލީތަނަވަސް ކަމަށް %5 (މާކުސް)

          08 ރަމަޝާން 1442     

          20 އޭޕްރީލް 2021     

20 އޭޕްރިލް 2021
ހޯދާ