އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އޮފިސަރ (ޖީ.އެސް 3)

 

 

(IUL)38-AB/38/2021/139 :ނަންބަރު

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:

އޮފިސަރ (ޖީ.އެސް 3)

ބޭނުންވާ ޢަދަދު:

01 (އެކެއް)

ސެކްޝަން:

ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން

އަސާސީ މުސާރަ:

މަހަކު 4465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 1500.00  (އެއްހާސް ފަސްސަތޭކަ)

ލިވިންގ އެލަވަންސް:

މަހަކު 3000.00 (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މަހަކު 2009.25 (މުސާރައިގެ %45)

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޚާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކްންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޚާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އެހެނިހެން ޝަރުތު:

  1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  2. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  3. ޢުމުރުން 45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  4. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  5. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  6. މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން

މަސްއޫލިއްޔަތު:

  • އެކިއެކި ޕްރޮގްރާމް/ ޓްރެއިނިންގ ތަކާ ގުޅިގެން ހޯދަންޖެހޭ ތަކެއްޗަށް ސްޓޮކަށް ރިކުއެސްޓް ކުރުމާއި އެ ތަކެތި ލިބުމުން ބަލައިގަނެ ރައްކާތެރިކަމާއެކު ބެހެއްޓުމާއި، އެ ތަކެތީގެ ރިކޯޑްސް ބެލެހެއްޓުން.
  • ސެކްޝަނަށް ލިބޭ މައްސަލަތަކުގެ ތެރެއިން ޖަވާބު ދޭންޖެހޭ މައްސަލަތަކަށް ސުޕަވައިޒަރުގެ ލަފާގެމަތިން ޖަވާބު ދިނުން.
  • ސެކްޝަނުން އިންތިޒާމްކުރާ ބައްދަލުވުންތަކުގެ އިދާރީ ކަންކަން ބެލެހެއްޓުން. އެގޮތުން ދައުވަތު އަރުވަންޖެހޭ ފަރާތްތަކަށް ދައުވަތު އެރުވުމާއި، ބައްދަލުވުން ބާއްވާތަން އިންތިޒާމްކުރުމާއި، ޙާޟިރީ ތައްޔާރުކުރުން އަދި ކޮފީ/ ޖޫސް/ފެން ވައްދަންޖެހޭ ފަދަ ބައްދަލުވުންތަކަށް އެކަންކަން އިންތިޒާމް ކުރުން.
  • ސެކްޝަނުން ހިންގާ ޓްރެއިނިންގ ވޯރކްޝޮޕް ފަދަ ކަންކަމުގެ އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުން.
  • އިންތިޚާބާ ގުޅިގެން ކުރިޔަށްގެންދާ އޮފިޝަލުން، އޮބްޒާވަރުން، މަންދޫބުން، އަދި މޮނިޓަރުންގެ ތަމްރީން ޕްރޮގްރާމްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީކަންކަން ކުރުން.
  • ޓްރެއިނިންގ ތަކަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުމަށް އެހީތެރިވެދިނުން.
  • ވޯޓަރ އެވެއަރނަސް ޕްރޮގްރާމްތަކުގެ ޝެޑިއުލް ތައްޔާރުކުރުމާއި އެޕްރޮގްރާމްތަކަށް ބޭނުންވާ ޑޮކިއުމަންޓްސް ތައްޔާރުކުރުން.
  • އިންތިޚާބާ ގުޅިގެން ރަށްރަށަށް ފޮނުވަންޖެހޭ ވޯޓަރ އެޑިޔުކޭޝަން މެޓީރިއަލްސް އާއި އޮފިޝަލް ޓްރެއނިންގ މެޓީރިއަލްސް ޕެކްކުރުމުގައި އިސް ރޯލެއް އަދާކުރުން.
  • އިންތިޚާބާ ގުޅިގެން އެކުލަވާލެވޭ ކޯލް ސެންޓަރުގެ މުވައްޒަފުނަށް ދުވަހުން ދުވަހަށް ދޭންޖެހޭ މަޢުލޫމާތު ފޯރުކޮށް ދިނުން.
  • ސިވިކް އެންޑް ވޯޓަރ އެޑިޔުކޭޝަން ޕްރޮގްރާމްތައް ހިންގުމަށް ކުރަންޖެހޭ އިދާރީ އެންމެހައި ކަންކަން ކުރުން.
  • ސެކްޝަނުން ހިންގާ އެހެނިހެން ޙަރަކާތްތައް ހިންގުމުގައި އެހީތެރިވެދިނުން.
  • ސެކްޝަން/ ޑިވިޝަން/ ކޮމިޝަން އިން ހިންގާ އިޖްތިމާޢީ ޙަރަކާތްތަކުގައި އެހީތެރިވެ، ބައިވެރިވުން.
  • ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމްތައް ހިންގުމަށް ޕްރޮޕޯސަލް ތައްޔާރުކުރުމާއި، ޕްރޮޕޯސަލްތަކާ އެއްގޮތަށް ޕްރޮގްރާމްތައް ގެންދިއުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  • ސެކްޝަނުން ހިންގާ ޓްރެއިނިންގ ސެޝަންތަކުގެ ފީޑްބެކް އެނަލައިޒްކޮށް ރިޕޯޓް ތައްޔާރުކުރުން.
  • ސެކްޝަނުން ތައްޔާރުކުރާ ޕޯސްޓަރ، އޯޑިއޯ/ ވީޑިއޯ ސްޕޮޓްސް އަދި ލީފްލެޓް ފަދަ ތަކެތީގެ ކޮންޓެންޓް ތައްޔާރުކުރުން.
  • މުވައްޒަފުންގެ ސްކިލް އޮޑިޓެއް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.
  • ސްޓާފް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓު ޕްރޮގުރާމް ރާވާ ހިންގާނެ ގޮތުގެ ޕްލޭން ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  • ސްޓާފް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓު ޕްރޮގުރާމު ކުރިޔަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކަމާ ގުޅޭ ސެކްޝަންތަކާ ގުޅިގެން ކުރިޔަށް ގެންދިއުން.
  • ރާއްޖެއިން ބޭރުން ކޮމިޝަނަށް ލިބޭ ކޯސް، ސެމިނަރ، އަދި ވޯރކްޝޮޕްތަކާ ގުޅިގެން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ސެކްޝަން ހެޑްގެ ލަފަޔާ އިރުޝާދާ އެއްގޮތަށް ހަމަޖެއްސުމުގައި އެހީތެރިވެދިނުން.
  • މިނޫންވެސް ޑިވިޜަނުންނާއި، އޮފީހުން ކުރާ ބޮޑެތި މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.
  • މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުންވެސް ޤާނޫނާއި ގަވާއިދުތަކާއި ޚިލާފުނުވާނަމަ، ކޮމިޝަނުން އެވަގުތެއްގައި ޙަވާލުކުރާ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު އަދާކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

-          ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

-          ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

3. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

-          މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

-          މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

މަޤާމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ލިޔެކިޔުންތައް ހުށަހަޅާނީ 29 އެޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ([email protected]) މެދުވެރިކޮށެވެ.  (މެއިލްއާ އެޓޭޗްކުރެވޭނީ 10mb އަށްވުރެ ކުޑަ ފައިލްއެވެ.)

އިތުރު މަޢުލޫމާތު:

-          ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

-          މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

-          އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

-          ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން %50 އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

-          މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

 

އޮފިސަރ – ޖީ.އެސް 3 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީނު

40

މަސައްކަތު ތަޖުރިބާ

10

އިންޓަވިޔު

35

ޢަމަލީ ޓެސްޓު

15

ޖުމުލަ

100

 

ޝޯޓްލިސްޓު ކުރެވޭގޮތް:

-       ޖެނެރަލް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރާނީ ތަޢުލީމާއި، މަސައްކަތާއި، ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

 

-       މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ. (ޖީ.އެސް 3 އިން ފެށިގެން މަތީ ރޭންކުގެ މަޤާމުތަކަށް)

 

09 ރަމަޟާން 1442

 

21 އޭޕްރިލް 2021
ހޯދާ