ދިވެހިރާއްޖެ
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ
(IUL)MMPRC-HR/1/2021/19 :ޢިއުލާން ނަންބަރު
ވަޒީފާގެ ފުރުޞަތު
|
|
މަޤާމުގެ ނަން: ކޮންޓެންޓް ރައިޓަރ |
- މުސާރަ (މަހަކު) : -/7,080 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް: -/2,360 ރުފިޔާ މަހަކު - ޑެއިލީ އެލަވަންސް: -/2,360 ރުފިޔާ މަހަކު - އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ |
ބޭނުންވާ އަދަދު: 1 |
1- ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުން (ނުވަތަ) ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 6 (އެޑްވާންސްޑް ޑިޕްލޮމާ/އެސޯސިއޭޓް ޑިގްރީ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން )ނުވަތަ( ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 2- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: - ރާއްޖެ އިޝްތިހާރުކޮށް މާކެޓްކުރުމުގެ މަސައްކަތަށް މި ކޯޕަރޭޝަނަށް ބޭނުންވާ އެންމެހާ ކޮންޓެންޓްތައް ތައްޔާރުކުރުން. - ޙަވާލުކުރެވޭ ކެމްޕެއިންއަކާ އެންމެ ގުޅޭ އަދި ޓާގެޓް އޯޑިއަންސްގެ ސަމާލުކަން ފަސޭހައިން ހޯދޭނެ ފަދަ ކޮންޓެންޓް ތައްޔާރުކުރުން. - ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި މި ކޯޕަރޭޝަނުން ބޭނުންކުރާ ޕްރޮމޯޝަނަލް މެޓީރިއަލްސްތަކުގެ ކޮންޓެންޓް ތައްޔާރުކުރުން. - ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން މިކޯޕަރޭޝަނުން ކުރިއަށްގެންދާ އެކިއެކި އެޑްވަޓައިޒިންގ ކެމްޕެއިންތަކުގެ ކޮންޓެންޓް ތައްޔާރުކުރުން. - ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން މިކޯޕަރޭޝަނުން މިހާރު ބޭނުންކުރަމުންދާ ކޮންޓެންޓްތައް އިތުރަށް ހަރުދަނާކޮށް މުހިންމު އައު ކޮންޓެންޓްތައް ތައްޔާރުކުރުން. - މިކޯޕަރޭޝަނުން ކުރިއަށްގެންދާ އަދި ބައިވެރިވާ އެކި އިވެންޓްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ކޮންޓެންޓް އެކަމަށް ކަނޑައެޅޭ ވަގުތާއި މުއްދަތުގެ ތެރޭގައި ތައްޔާރުކޮށް، ހިއްސާކުރަންޖެހޭ ފަރާތްތަކާއި ހިއްސާކުރުން. - މާކެޓްތަކަށް އަންނަ ބަދަލުތައް ދެނެގަނެ ކޮންޓެންޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެންމެ ފަހުގެ ޓްރެންޑްސް އަދި ޓެކްނިކްސްއަށް ރިޢާޔަތްކޮށް ކޮންޓެންޓް ތައްޔާރުކުރުން. - ނިއުސްލެޓާއަށް ބޭނުންވާ ކޮންޓެންޓް ސުޕަވައިޒަރުގެ ލަފާގެ މަތިން ތައްޔާރުކޮށް ފޮނުވުން. - ތައްޔާރުކުރާ ކޮންޓެންޓްތަކަކީ ރާއްޖޭގެ ބްރޭންޑް އިމޭޖް ނުގެއްލި ބަހުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތަށް ތައްޔާރުކުރެވޭ ކޮންޓެންޓް ކަމުގައި ވުމާއި ކޮންޓެންޓްތަކުން ވީހާވެސް ބޮޑަށް މަންޒަރު އަދި ދޭން ބޭނުންވާ މެސެޖް ރަނގަޅަށް ސިފަކޮށްދިނުން. - މި ކޯޕަރޭޝަނުން އެކިކަންކަމާއި ގުޅިގެން ތައްޔާރުކުރާ ކޮންޓެންޓްތަކުގެ ރިކޯޑް ރައްކާތެރިކަމާއެކު ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުން. - ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިތަކުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
|
|
3- ފޯމު ހުށައަޅަންވީ ތާރީޚް: 26 އޭޕްރީލް 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން[email protected] އަށް އީމެއިލް ކުރުން. |
|
4- ހުށައަޅަންޖެހޭ ލިޔުންތައް: - ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރ، ގުޅޭނެ ނަންބަރު އެނގޭނެގޮތަށް. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން. - ހާސިލްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ). - ޕޯޓްފޯލިއޯ / ކުރިން ކުރެވިފައިވާ މަސައްކަތް. - ޕޮލިސް ރިޕޯޓް (3 މަސް ހަމަނުވާ) - ނޯޓް (ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިއުންތައް އީމެއިލްކުރާނީ އެއް އީމެއިލްއެއްގައި، ހުރިހާ ޑޮކިއުމެންޓެއް ޕީ.ޑީ.އެފް ފޯމެޓުގައި އެއް ފައިލެއްގެ ގޮތުގައެވެ.) |
|
5- އިތުރު މަޢްލޫމާތު:
6- އެޑްރެސް ކުރައްވާނީ: ތޮއްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |