މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
މަދަރުސަތުއްޝައިޚް އިބްރާހިމްގެ، އަލަށްއަޅުވަން ޖެހޭ އޭސީ އެޅުވުމާއި، މިހާރު ހުރި ބައެއް އޭސީ ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުން

މަދަރުސަތުއްޝައިޚް އިބްރާހިމްގެ، އަލަށްއަޅުވަން ޖެހޭ އޭސީ އެޅުވުމާއި، މިހާރު ހުރި  ބައެއް އޭސީ ސާރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

  1. މަދަރުސަތުއްޝައިޚް އިބްރާހިމްގެ، އަލަށްއަޅުވަން ޖެހޭ އޭސީ އެޅުވުމާއި، މިހާރު ހުރި  ބައެއް އޭސީ ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021 އޭޕްރިލް 19  ން 2021 އޭޕްރިލް 25 ވަނަ ދުވަހުގެ 08:45 ން 12:45 ގެ ނިޔަލަށް ސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. އަދި މިއިޢުލާން ގެޒެޓްކުރާ ވަގުތުންފެށިގެން 2021 އޭޕްރިލް 25 ގެ 12:45 ގެކުރިން އީމެއިލް ([email protected])  މެދުވެރިކޮންވެސް ރަޖިސްޓްރީ ކުރެވޭނެ ވާހަކަ ދަންނަވަމެވެ.    މެއިލްކުރެއްވުމަށްފަހު ސްކޫލަށް މެއިލް ލިބުނުކަން ކަށަވަރު ކުރަށްވަންވާނެއެވެ. އީމެއިލް ލިބުންކަން ކަށަވަރުކުރުމަށް 2021 އޭޕްރިލް 19  ން 2021 އޭޕްރިލް 25 ވަނަ ދުވަހުގެ 08:45 ން 12:45 ށް ރަސްމީދުވަސްތަކުގައި މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ ފޯން ނަންބަރަށް ގުޅުންވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޭޕްރިލް 26 ވަނަ ދުވަހުގެ 10:00ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2021 އޭޕްރިލް 27 ވަނަ ދުވަހުގެ 10:00  ގައި     މަދަރުސަތުއްޝައިޚް އިބްރާހިމްގެ ލައިބްރަރީގަ އެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެއެވެ.
  7. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މަދަރުސަތުއްޝައިޚް އިބްރާހިމް

މިސްކިތްމަގު ހއ.ކެލާ، ދިވެހިރާއްޖެ.    

ފޯން:   6500097

އީ-މެއިލް: [email protected]

19 އޭޕްރިލް 2021
ހޯދާ