ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ އެއަރކޮންޑިޝަން ސިސްޓަމް މި އޮފީހަށް ގެނެސް، ހޮޅިބައި އަޅައި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

މި އޮފީހަށް ބޭނުންވާ އެއަރކޮންޑިޝަން ސިސްޓަމް މި އޮފީހަށް ގެނެސް، ހޮޅިބައި އަޅައި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި އޮފީހަށް ބޭނުންވާ ޑައިކިން އެއަރކޮންޑިޝަން ސިސްޓަމް، މި އޮފީހަށް ގެނެސް، ހޮޅިބައި އަޅައި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ކަމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް، 2021 އެޕްރީލް 25 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން މި އިޢުލާނުގައިވާ މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތާއެކު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓަރީވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީމެއިލް:

ފޯނު ނަންބަރު:

ބީލަމުގައި ރަޖިސްޓަރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2021 އެޕްރީލް 25 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2021 އެޕްރީލް 29 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

7 ރަމަޟާން 1442

19 އޭޕްރިލް 2021
ހޯދާ