މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑައިރެކްޓަރ، ޕްރޮޖެކްޓްސް

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ޑައިރެކްޓަރ، ޕްރޮޖެކްޓްސް

މަޤާމުގެ ގިންތި:

ދާއިމީ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ އޮފީސް، މ.ދޫނިފުށި 8 ވަނަ ފަންގިފިލާ، އޯކިޑްމަގު، މާލެ

މުސާރަ:

ޖުމްލަ މުސާރަ:  18,560.00 ރުފިޔާ

މަޤާމުގެ ޝަރުޠު:

  1. މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައި ވުމާއެކު، މަދުވެގެން 2  އަހަރުގެ މެނޭޖްމަންޓް ތަޖުރިބާ ލިބިފައިވުންް. ނުވަތަ،
  2. މެނޭޖްމެންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަންޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު،  މަދުވެގެން 5  އަހަރުގެ މެނޭޖްމަންޓް ތަޖުރިބާ ލިބިފައިވުންް.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ގޮތުގެ ތަފުސީލު ޕްލޭނެއް އެކުލަވައިލުން
  2. ޕްރޮޖެކްޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮޖެކްޓް ހިންގައި ކުރިއަށް ގެންދިއުން
  3. ޕްރޮޖެކްޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮޖެކްޓް ހިންގައި ކުރިއަށް ގެންދިއުން
  4. ޕްރޮޖެކްޓްގައި ހިނގަމުންދާ މަސައްކަތްތަކާއި ލިޔެކިއުންތައް ރިކޯޑުކޮށް ބެލެހެއްޓުން
  5. ޕްރޮޖެކްޓުތަކުގެ މަސައްކަތުގައި ދިމާވާ މައްސަލަތަކަށް، ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް ޙައްލު ހޯދުން
  6. ހުރިހާ ރިޕޯޓުތައް އަޕްޑޭޓްކޯށް ކަނޑައެޅިފައިވާ ޓައިމްލައިންގައި ބެލެހެއްޓުން
  7. ޕްރޮޖެކްޓް ތަކުގެ ކޮންސްޓްރަކްޝަން އާއި މެއިންޓަނަންސް އާއި ގުޅުންހުރި ކަންތައްތައް އެކުލަވާލައި ރާވާ ބެލެހެއްޓުން
  8. މަސައްކަތްތަކަށް ބޭނުންކުރާ ތަކެއްޗާއި ޚިދުމަތްތައް ބޭނުންކުރެވެނީ އެންމެ އެކަށީގެންވާ ގޮތުގައިކަން ބަލައި ޔަގީންކުރުން
  9. ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ތިމާވެށީގެ ގަވާއިދުތަކާއި އެއްގޮތަށްކަން ބަލައި ޔަގީންކުރުން

10. ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް އެހެން ޑިޕާޓްމަންޓްތަކުން ހޯދަންޖެހޭ މަޢުލޫމާތާއި އިރުޝާދު ހޯދުން

11. ޕްރޮޖެކްޓް ތަކަށް ބޭނުންވާ ބަޖެޓާއި ކޯސްޓް ޓްރެކިންގ ރިޕޯޓުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދު ދިނުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ.
  4. ޕޮލިސް ރިޕޯޓް
  5. އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

ސުންގަޑި:

މަތީގައި ދެންނެވުނު ލިޔެކިޔުންތައް ހަމަކުރެއްވުމަށްފަހު، 21 އޭޕްރިލް 2021 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިކޯޕަރޭޝަންގެ އޮފީހަށް ޕްރިންޓަޑް އެޕްލިކޭޝަން ނުވަތަ މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާށެވެ.

 

18 އޭޕްރިލް 2021
ހޯދާ