ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ޤައުމީ އިނާމާ ގުޅޭ

އިޢުލާނު

 

މި އަހަރުގެ ޤައުމީ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ އޮފީހުން އާންމުކޮށް ވަނީ ހުޅުވައިލައިފައެވެ. މި އިނާމާ ބެހޭ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓް (ވޮލިޔުމް: 50 އަދަދު: 88)ގައި ވަނީ ޝާއިޢު ކުރައްވައިފައެވެ. 2021ވަނަ އަހަރުގެ ޤައުމީ އިނާމަށް ނަން ހުށައެޅުމަށް ޓަކައި ތިރީގައި މި ދަންނަވާ ދާއިރާތަކުން ނަން ހުށައަޅުއްވަން ބޭނުންވާ ފަރާތްތަކުން މި އެޕްރީލް މަހުގެ 26 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން ދިވެހިބަހުގެ އެކެޑަމީގެ އިސްތިގުބާލަށް ނުވަތަ [email protected]  ނަން ހުށައެޅުއްވުން އެދެމެވެ.

 

ދާއިރާ

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާ

ބެލޭނެ ރޮނގުތައް

-          ދިވެހިބަހާއި ބަހުގެ ޢިލްމު ކުރިއެރުވުމާއި، ބަސް ދިރާސާކުރުން

-          ދިވެހިބަހުގެ ބަހުރުވަތައް ދިރުވުން

-          ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުން

-          ދިވެހިބަހުގެ އަދަބަށް ބިނާކުރަނިވި ފާޑުކިޔުން

-          ދިވެހިބަހުން ފޮތް ލިޔެ އެކުލަވައިލުމާއި، ޝާއިޢުކުރުން

-          ދިވެހިބަހަށް ތަރުޖަމާކުރުން

-          ވާހަކަ ލިޔުމުގެ ފަންނު ކުރިއެރުވުން

-          ވާހަކަ ދެއްކުމުގެ ފަންނު ކުރިއެރުވުން

-          ދިވެހި ޅެންވެރިކަން ކުރިއެރުވުން

-          ދިވެހިބަހުގެ ފަންނިއްޔާތަށް ޚިދުމަތްކުރުން

ދިވެހި ތާރީޚުގެ ދާއިރާ

ބެލޭނެ ރޮނގުތައް

-          ދިވެހި ތާރިޚު ދިރާސާކުރުން

-          ދިވެހި ތާރިޚާ ބެހޭ ޢިލްމު ކުރިއެރުވުން

-          ތާރިޚާ ބެހޭ ފޮތް ލިޔެ އެކުލަވައިލައި، ޝާއިޢުކުރުން

-          ދިވެހި ތާރިޚާ ބެހޭ ގޮތުން ހޭލުންތެރިކުރުވުން

 

މި ދާއިރާތައް ކަނޑައަޅައިފައި މި ވަނީ 18 މާރިޗު 2021ގައި ދިވެހި ސަރުކާރުގެ ގެޒެޓު 88ވަނަ އަދަދުގައި ހިމެނިފައިވާ ގޮތަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އެކެޑަމީގެ ނަންބަރު 7986230 ފޯނާ ގުޅުން އެދެމެވެ.

 

___________

 

 

18 އޭޕްރިލް 2021
ހޯދާ