ތ. ގުރައިދޫ ޞިއްޙީ މަރުކަޒު، ތ. ގުރައިދޫ
ދިވެހިރާއްޖެ
އަންދާސީ ހިސާބް ބޭނުންވެއްޖެ

އީގަވަރމަންޓް ނެޓްވޯކް އެޅުމަށް މަގުކޮނެ ކޭބަލް ވަޅުލުން

އަންދާސީ ހިސާބު ހުށަހެޅުން

        ސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ ހުރިހާ ރަށެއް ގުޅާލުމަށް  ކުރިއަށް  ގެންދެވޭ މަޝްރޫޢުގެ  ދަށުން ތ.އަތޮޅު މަދަރުސާއާއި ޞިއްޙީމަރުކަޒާ ދެމެދު ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް  ކޯރުކޮނެ ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

    ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި  މިދަންނަވާ ތާރީޚު ތަކުގައި ގުރައިދޫ  ސިއްހީމަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ  ހިސާބު  ހުށަހެޅުއްވުން އެދެމެވެ.   

 މަޢުލޫމާތު ސާފްކުރުން

 އަންދާސީ ހިސާބު ހުށަހެޅުން

20 އޭޕްރީލް 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި

  26 އޭޕްރީލް 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި

 

 

     މައުލޫމާތު ސާފުކުރައްވަން  ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ  ކާޑު ގެންނެވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

     މީގެއިތުރުން އަންދާސީ  ހިސާބު ހުށައަޅުއްވާއިރު  ބަދަލުގައި އެހެން ފަރާތެއް  ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން ހުށައަޅަންވާނެއެވެ. އަދި މިފަދަ ލިއުމެއްނެތި ހުށައެޅޭ އަންދާސީ  ހިސާބުތައް ބަލައިގަތުމަށް ހަމަޖެހިފައި ނެތްވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ

15 އޭޕްރިލް 2021
ހޯދާ