ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

1442 ވަނައަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާބެހޭ

 

            މިއަހަރުގެ ފިޠުރުޒާކާތް ބަލައިގަތުން 02 ރަމަޟާން 1442 (15 އެޕްރީލް 2021) ވާ ބުރާސްފަތި ދުވަހުން ފެށިގެން 29 ރަމަޟާން 1442 (11 މެއި 2021) ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް މިކައުންސިލް އިން ނަގުދު ފައިސާއިން އަދި އޮންލައިންކޮށް ފިޠުރު ޒަކާތުގެ ފައިސާ ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ނަގުދު ފައިސާއިން ފިޠުރު ޒަކާތް ބަލައިގަންނާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ޢާއްމުކޮށް ކައި އުޅުނު ބާވަތްތަކުން (ގޮވާމުން) އެރަށެއްގައި 2.4 ކިލޯގެ މިންވަރެވެ. ނުވަތަ އެޢަދަދަށްވާ އަގެވެ.

މިރަށުން ފިޠުރު ޒަކާތް ބަަލައިގަތުމަށް ހަމަޖެހިފައިވާ އަގުތައް މިދަންނަވަނީއެވެ.

  • އާދައިގެ ހަނޑުލުންނަމަ މީހަކަށް 11.52 ރުފިޔާ (އެގާރަ ރުފިޔާ ފަންސާސް ދެލާރި)
  • ތައިލެންޑް ހުދު ހަނޑުލުންނަމަ މީހަކަށް 57.60 ރުފިޔާ (ފަންސާސް ހަތްރުފިޔާ ފަސްދޮޅަސްލާރި)
  • ރަތް ހަނޑުލުންނަމަ މީހަކަށް 84.00 ރުފިޔާ (އަށްޑިހަ ހަތަރުރުފިޔާ)
  • ބާސްމަތީ އާދައިގެ ހަނޑުލުންނަމަ މީހަކަށް 67.73 ރުފިޔާ (ފަސްދޮޅަސް ހަތްރުފިޔާ ހަތްދިހަތިންލާރި)
  • ބާސްމަތީ މޮޅު ހަނޑުލުންނަމަ މީހަކަށް 83.20 ރުފިޔާ (އަށްޑިހަ ތިންރުފިޔާ ވިހިލާރި)
  • ބާސްމަތީ އެންމެމޮޅު ހަނޑުލުންނަމަ މީހަކަށް 105.60 ރުފިޔާ (އެއްސަތޭކަ ފަސްރުފިޔާ ފަސްދޮޅަސްލާރި)
  • އާދައިގެ ފުށުންނަމަ މީހަކަށް  9.12 ރުފިޔާ (ނުވަރުފިޔާ ބާރަލާރި)
  • އާޓާ ފުށުންނަމަ މީހަކަށް 59.73 ރުފިޔާ (ފަންސާސް ނުވަރުފިޔާ ހަތްދިހަ ތިންލާރި)

އޮންލައިންކޮށް ފިޠުރު ޒަކާތުގެ ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ މިކައުންސިލް އިދާރާގެ ތިރީގައި މިދަންނަވާ ބީ.އެމް.އެލް އެކައުންޓަށެވެ.

  • އެކައުންޓްގެ ނަން: ތ. ގުރައިދޫ ކައުންސިލްގެ އިދާރާ
  • އެކައުންޓް ނަންބަރު: 7725700312002

ފިޠުރު ޒަކާތުގެ ފައިސާ ޖަމާކުރި ސްލިޕް 7901888 (ޢަލީ ރަޝީދު) ގެ ވައިބަރ ނަންބަރަށް ފޮނުއްވައި ދެއްވުން އެދެމެވެ. އަދި ސްލިޕްގެ ރިމާރކްސް ގައި ޒަކާތުގެ ގޮތުގައި ފައިސާ ދެއްކި މީހުންގެ ޢަދަދާއި ، ރޭޓް އަދި ފައިސާ ދެއްކި ފަރާތުގެ ނަމާއި އެޑްރެސް ލިޔުއްވުމަށްފަހު ފޮނުއްވައި ދެއްވުން އެދި ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 އޭޕްރިލް 2021
ހޯދާ