އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ކޯޓް އޮފިސަރަކު ހޯދުމަށް ކުރެވޭ އިއުލާން

 

އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓްކޯޓް

ހިތަދޫ، ދިވެހިރާއްޖެ

މިކޯޓުގެ ނަމްބަރު 1/S2C-A/2021 (13 ޖަނަވަރީ 2021) ޢިއުލާނުގައި ތަޢުލީމީ ރޮނގު އަދި ގުޅޭ ވަޒީފާގެ ދާއިރާ ހިމަނާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އެމަޤާމަށް އަލުން އިޢުލާން ކުރީމެވެ. އަދި މަތީގައި ދެންނެވިފައިވާ ޢިއުލާނާއި ގުޅިގެން އެމަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ފޯމް ހުށަހަޅުއްވަން ނުޖެހޭނެކަމުގައި ދަންނަވަމެވެ.

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 4/S2C-A/2021

ތާރީޚް: 14 އޭޕްރީލް 2021

މަޤާމް:

 ކޯޓް އޮފިސަރ  

ބޭނުންވާ ޢަދަދު:

1

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1 

ރޭންކް:

  ޖީ.އެސް 3

ސެކްޝަން:

ޝަރްޢީ

އަސާސީ މުސާރަ:

  -/ 4465ރުފިޔާ

މަސައްކަތްކުރަންޖެހޭ ތަން:

ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓް

އެލަވަންސްތަކާއި ޢިނާޔަތްތައް:

  • ސަރވިސް އެލަވަންސް: -/1500 ރުފިޔާ
  • ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %35 އަށްވާ ފައިސާ
  • ލިވިންގ އެލަވަންސް: -/2,550 ރުފިޔާ
  • އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން "ސެކަންޑްރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

އެހެނިހެން ޝަރުތު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  2. ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން ކޯޓަށް ހާޟިރުކުރެވޭ މީހުންނާއި ކޯޓުން ކުރަންޖެހޭ މުޢާމަލާތްކުރުން.
  2. ކޯޓުން ރައްޔިތުންނަށްދޭ ޢާންމު ޚިދުމަތްތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
  3. ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން ކޯޓަށް ހާޟިރުކުރެވޭ މީހުންނަށް ޝަރީޢަތުގެ މަޖްލީހުގެ ޤަވާޢިދުތަކާއި ސުލޫކު ބަހައްޓަންވީ ގޮތް ބުނެދިނުން.
  4. ޝަރީޢަތުގެ މަޖްލީހުގެ އިދާރީ އިންތިޡާމް ފުރިހަމަ ކުރުން.
  5. ޝަރީޢަތުގެ މަޖްލީހުގައި ނުވަތަ ކޯޓް ތެރޭގައި މެޖިސްޓްރޭޓަކަށް ނުވަތަ ކޯޓަށް ޙާޟިރުކޮށްފައިވާ ފަރާތަކަށް ނުރައްކަލެއް ކުރިމަތިވާ ޙާލަތުގައި އެކަމުގެ ދިފާޢުގައި އިސްވެ ޙަރަކާތްތެރިވުން.
  6. ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެންކުރަންޖެހޭ ޝަރުޢީ/އިދާރީ އެންމެހާ މަސައްކަތްތައް ކުރުން.
  7. ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ/ އިދާރީ ރިޕޯރޓްތައް ތައްޔާރުކުރުން.
  8. ކޯޓުން ބަލަހައްޓަންޖެހޭ ޝަރުޢީ / އިދާރީ ރެކޯރޑްތައް ފުރިހަމަކޮށް ބެލެހެއްޓުން.
  9. ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ އަމުރުތައް ތައްޔާރުކުރުން.
  10. މިކޯޓަށާއި އެހެން ކޯޓްތަކަށް ޙާޟިރުވާންޖެހޭ ފަރާތްތަކާއި ކޯޓަށް ޙާޟިރުވުމުގެ އަމުރު ޙަވާލުކުރުން.
  11. އެކިއެކި ޢިމާރާތްތަކާއި ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި ތައްކުރަންޖެހޭ އަމުރު ތައްކުރުން.
  12. ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާއިގުޅޭ އެންމެހާ ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުމާއި ފައިލްކުރުން.
  13. ކޯޓުން ނިންމާ މައްސަލަތައް ދުވަހުން ދުވަހަށް ސްކޭންކޮށް ކަނޑައެޅިފައިވާ ގޮތުގެމަތިން ރައްކާކުރުން.
  14. މިނޫންވެސް ކޯޓުން ޙަވާލުކުރެވޭ ރަސްމީ މަސައްކަތް ކުރުން.

ތަޢުލީމީ ރޮނގު

އެޑްމިނިސްޓްރޭޝަން/ ޤާނޫނީ ދާއިރާ/ އޮފީސް މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ

ގުޅޭ ވަޒީފާގެ ދާއިރާތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާ / ޝަރީޢާ ޤާނޫނީ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ

 

ހުށަހަޅަންޖެހޭ ތަކެތި:

  • ޝަރްޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔަތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ
  • ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ކުރުމުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތައް ފުރިހަމަކުރުމުގެ ލިޔުންތަކުގެ ކޮޕީ
  • މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކިގެ ލެވެލް ކަނޑައެޅިފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  • މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  • އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައިވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނޭ ލިޔުންތަކުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އެހެން ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ސުޕަވައިޒަރު ދޫކޮށްފައިވާ ރެފަރަލް ލެޓަރގެ ކޮޕީ.
  • އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.

ސުންގަޑި:

  • 29 އޭޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ  [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އެޕްލިކޭޝަން ފޯމް ހުށަހަޅާނީ ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރަކީ:   6890525
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ        މާކްސް ކަނޑައެޅިފައިވާ އިންސައްތަ

  • ތަޢުލީމް            %30
  • މަސައްކަތު ތަޖުރިބާއާއި ތަމްރީން              
  • ޕްރެކްޓިކަލް ޓެސްޓް            
  • އިންޓަރވިއު           %50 

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތެއްކަމުގައިވުން.
  • އިގިރޭސިބަހާއި ދިވެހިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ފެކޭޖް ފަރިތަކަމާއެކު އެޑްވާސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ޙިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި، ހިތްހެޔޮކަމާއި، ހިނިތުންވުމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން.

 

         

14 އޭޕްރީލް 2021

 

 

 

14 އޭޕްރިލް 2021
ހޯދާ