ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިޠުރު ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ބެހޭ

1442 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން ރަމަޟާން މަހުގެ 2 ވަނަ ދުވަހުން (14 އެޕްރީލް 2021) ފެށިގެން 29 ވަނަ ދުވަހު (11 މެއި 2021) ގެ 12:00 ގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 30:09 ން 45:11 އަށް މިއިދާރާގައި އޮންނާނެއެވެ. ފިތުރު ޒަކާތަށް މީހަކަށް ދައްކަވަން ޖެހޭ އަދަދަކީ 2.4 ކިލޯ ގޮވާމެވެ. ފައިސާއިންނަމަ މީހަކަށް ދައްކަވާނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއެވެ. ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ 2.4 ކިލޯ ގޮވާމުގެ އަގުތައް ތިރީގައި އެވަނީއެވެ.

  އާދައިގެ ހަނޑުލަށް :           11.68 ރ ( އެގާރަ ރުފިޔާ/ ފަސްދޮޅަސް އަށްލާރި  )

ތައިލެންޑް ހަނޑުލަށް :          45.60 ރ ( ސާޅީސް ފަސްރުފިޔާ / ފަސްދޮޅަސްލާރި )

ބާސްމަތީ އާދައިގެ ހަނޑުލަށް :     52:00 ރ ( ފަންސާސް ދެ ރުފިޔާ  )

ބާސްމަތީ މޮޅު ހަނޑުލަށް :       68.00 ރ ( ފަސްދޮޅަސް އަށް ރުފިޔާ )

ބާސްމަތީ އެންމެމޮޅު ހަނޑުލަށް :    60.81 ރ ( އަށްޑިހަ އެއް ރުފިޔާ / ފަސްދޮޅަސްލާރި )

ރަތް ހަނޑުލަށް :             60.00 ރ ( ފަސްދޮޅަސް ރުފިޔާ )

އާދައިގެ ފުށަށް:               9.68 ރ ( ނުވަ ރުފިޔާ / ފަސްދޮޅަސް އަށް ލާރި )

އާޓާ ފުށަށް:                 53.60 ރ ( ފަންސާސް ތިން ރުފިޔާ/ ފަސްދޮޅަސް ލާރި (

  ފައިސާއިން ޒަކާތް ދައްކަވާ ބޭފުޅުން ޒަކާތަށް ދައްކަވަން ޖެހޭ އަދަދަށް ފައިސާ ގެނައުމަށް ދެންނެވީމެވެ. އަދި އޮންލައިންކޮށް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު: 7714700413002 (ރެވެނިއު-2) އެކައުންޓަށް ޖަމާކުރެއްވުން އެދެމެވެ. ފިތުރު ޒަކާތުގެ ފައިސާ ޖަމާކުރުމަށް ފަހު، ޖަމާކުރި ސްލިޕް ތިރީގައިވާ ނަންބަރަށް ވައިބަރ ކޮށްދެއްވުން އެދެމެވެ. އަދި ފައިސާ ޖަމާކުރާ އިރު ސްލިޕްގެ ރިމާކްސްގައި، ޒަކާތުގެ ގޮތުގައި ފައިސާ ދެއްކި ގޮވާމުގެ ބާވަތާއި، ފައިސާ ދެއްކި ފަރާތުގެ ނަމާއި އެޑްރެސް ލިޔުއްވުމަށް ދަންނަވަމެވެ. އަދި ޖަމާކުރުމަށް ފަހު ސްލިޕް ލިބުނުކަން ޔަޤީން ކުރެއްވުމަށް ދަންނަވަމެވެ.

 

މޮބައިލް ނަންބަރު

ނަން

މަޤާމް

9990627

ޙުސައިން ޝަމީމް

ފައިނޭންސް އޮފިސަރ

ވީމާ، ޒަކާތް ދައްކަވާ ބޭފުޅުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ މުއްދަތުގައި ޒަކާތް ދައްކަވައި ނިންމެވުމަށް ސަމާލުކަން ދެއްވުމަށް ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 އޭޕްރިލް 2021
ހޯދާ