ދިވެހިރާއްޖެ
(IUL)438-WMPC/438/2021/77: އިޢުލާން ނަންބަރ
ޕްރޮޖެކްޓް ނަންބަރު: MV-MEE-160547-CS-CSQ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު - މުއްދަތު އިތުރުކުރެވިފައި
ކުންޏާއި ވަޞީލަތްތައް މެނޭޖްކުރުމާއި ގުޅޭ ޤައުމީ ސިޔާސަތު މުރާޖަޢާކޮށް އަދާހަމަކުރުމާއި ކަމާއިގުޅޭ ޤައުމީ ސްޓްރެޓެޖީ އެކުލަވާލުމަށް ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް (ފާރމެއް) ހޯދުމަށް
ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ވޯރލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން، ނޭޝަނަލް ވޭސްޓް އެންޑް ރިސޯރސް މެނޭޖްމެންޓް ޕޮލިސީ އަދި ސްޓްރެޓެޖީ އެކުލަވާލުމަށް ކޮންސަލްޓެންސީީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިމަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ކުންޏާއި ވަޞީލަތްތައް މެނޭޖްކުރުމާއި ގުޅޭ ޤައުމީ ސިޔާސަތުތައް މުރާޖަޢާކޮށް ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން ރައްޔިރުންގެ ޚިޔާލާއި މަޝްވަރާއާއި އެކު، މިދާއިރާ އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށް ބޭނުންވާ ސްޓްރެޓެޖީ އާއި އިމްޕްލިމެންޓެންޝަން ޕްލޭނެއް (ކުރު ރާސްތާ، މެދު ރާސްތާ އަދި ދުރު ރާސްތާ އަށް އަމާޒުކޮށް) އެކުލަވާލުމެވެ. އަދި މިހާރު އެކުލަވާލެވިފައިވާ ކުނިމެނޭޖްކުރުމާއި ބެހޭ ޤާނޫނުގެ ބިލުގެ ދެލިކޮޕީއަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެސް އެބިލް އަދާހަމަކުރުމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ، މިދާއިރާގެ ތަޖުރިބާހުރި، ކޮންސަލްޓެންސީ ފާރމްތަކުން ޝައުޤުވެރިކަން ފާޅުކޮށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. ޝައުޤުވެރިވާ ފާރމްތަކުން، މިމަސައްކަތް ފުރިހަމަކުުރުމަށް އެފަރާތްތަކުގެ ޤާބިލިއްޔަތާއި ކަމާއިގުޅޭ ތަޖުރިބާ ހުރިކަން އަންގައިދޭކަން ސާބިތުކޮށްދިނުމާއެކު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
- ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ ލިޔުން (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- މި މަސައްކަތަށް ޝައުގުވެރިވާ ފަރާތުގެ/ ފާރމްގެ ޕްރޮފައިލް (މިދާއިރާގައި އެ ފާރމަކުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލު ރަނގަޅަށް އެނގޭނެހެން ލިޔެފައި ހުންނަންވާނެއެވެ.)
- ކުރީގައި މިފަދަ ޚިދުމަތްތައް ފޯރުކޮށްދީފައިވާ ތަންތަނުން ދީފައިވާ ތަޖުރިބާގެ ލިއުންތަކާއި އޭގެ ތަފްޞީލު
- ހުށަހަޅާ ޓީމްގައި ހިމެނޭ މެމްބަރުން (ކީ އެކްސްޕާޓުން) ގެ ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަޞްލާއި އެއްގޮތްކަން އަންގައިދޭ)
މިމަސައްކަތުގެ ޓަރމްސް އޮފް ރިފަރަންސް (ޓީ. އޯ. އާރް) މިދަޢުވަތާއި އެކު އެއްއުރަ ކުރެވިފައިވާނެއެވެ. އަދި މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ގައިވެސް ޝާއިޢު ކުރެވިފައިވާނެއެވެ.
މިމަސައްކަތަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަަކައި، ވާރލްޑް ބޭންކްގެ ކޮންފްލިކްޓް އޮފް އިންޓަރެސްޓް ޕޮލިސީ އަންގައިދޭ، އެ ބޭންކުގެ "ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ ބޮރޯވާރސް އަންޑަރ އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ (ނޮވެމްބަރ 2020)" ގެ ޕެރެގްރާޕްތައް ކަމަށްވާ 3.14، 3.16، 3.17 އަދި 3.18 ފާހަގަކުރަމެވެ.
ވީމާ މިމަސައްކަތަށް ޝަޢުޤުވެރިވާ އަދި ޝަރުޠުހަމަވާ ފަރާތްތަކުން 22 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް:
ޕްރޮޖެކްޓް މެނޭޖަރ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން، މާފަންނު
މާލެ، ދިވެހިރާއްޖެ.
ނަންބަރު: 009603018301 , 009603018300