ދިވެހިރާއްޖެ
އިޢްލާން
1442 ރަމަޟާން މަހު އަދި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ
މިމިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތްތައް، މި ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު (ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި) ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް، މި މިޢުލާނާއެކު ޝާއިޢުކޮށްފައިވާ ޚިދުމަތްތަކާބެހޭ ޗާޓަރ އާ އެގޮތަށް ކަމުގައި ދަންނަވަމެވެ.
1- މިމިނިސްޓްރީގެ އޮންލައިން ވިޔަފާރި ޕޯޓަލް މެދުވެރިކޮށް ޚިދުމަތަށް އެދޭނީ https://business.egov.mv މި ލިންކް މެދުވެރިކޮށެވެ.
2- މިމިނިސްޓްރީއަށް ލިޔެކިޔުމުގެ އަސްލު ހުށަހަޅަންޖެހޭ ޚިދުމަތްތަކަށް އެޕޮއިންޓްމަންޓް އުސޫލުން ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.
ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 14:00 އަށް މިނިސްޓްރީގެ ލައިވް ޗެޓް އަދި ކޯލްސެންޓަރ 1691 މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.