ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޕްރޮގްރާމަރ (ގްރޭޑް 1)

މަޤާމް: ކޮމްޕިއުޓަރ ޕްރޮގްރާމަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު: 01 (އެކެއް)

މުސާރަ: -/7,395 ރުފިޔާ

ލިވިންގ އެލަވަންސް: -/3,000 ރުފިޔާ

ރިސްކް އެލަވަންސް: -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް / މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  މި އޮފީހުގައި ޤާއިމުކޮށްފައިވާ ސޮފްޓްވެއަރތަކާއި ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައްގެނެސް ދުވަހުން ދުވަހަށް ބެލެހެއްޓުން / ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަސައްކަތްކުރުން

ފެންވަރު ނުވަތަ ޝަރުޠު: 

(ހ)  މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

(ށ)  PHP ފަދަ ޕްރޮގްރާމިންގ ލެންގުއޭޖަށް އަހުލުވެރިވުން

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20 އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 22 އެޕްރީލް 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ނޯޓް:  1- މިމަޤާމަށް ހޮވޭ މުވައްޒަފަކު މިއޮފީހުގެ ގޮފިތަކުގައި މަސައްކަތްކުރުމަށް އަތޮޅުތެރެއަށް ދަތުރުކުރަންޖެހޭނެއެވެ.

     2- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިއޮފީހުގެ ކައުންޓަރުން ފޯމު ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 11:00 އިން 12:00 އަށެވެ.

     3- މިއޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށްވެސް އެޕްލިކޭޝަން ފޯމު ބަލައިގަނެވޭނެއެވެ.

 ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓް www.pgoffice.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.)

2- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ)

1- ވަނަވަރު

2- ދރއ. ކާޑުގެ ކޮޕީ

3- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

                                         26 ޝަޢުބާން 1442

 

08 އޭޕްރިލް 2021
ހޯދާ