މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1442 ވަނަ އަހަރުގެ ރަމަޟާންމަހު މާލެސިޓީގެ މިސްކިތްތަކުގައި ރޯދަ ވީއްލުމަށް މިސްކިތްތަކަށް ތަކެތި ގެންދަވާ ފަރާތްތަކުން އަމަލުކުރައްވަންވީ ގޮތުގެ އިރުޝާދު.

އިޢުލާން

1442 ވަނަ އަހަރުގެ ރަމަޟާންމަހު މާލެސިޓީގެ މިސްކިތްތަކުގައި ރޯދަ ވީއްލުމަށް މިސްކިތްތަކަށް ތަކެތި ގެންދަވާ ފަރާތްތަކުން އަމަލުކުރައްވަންވީ ގޮތުގެ އިރުޝާދު.

 

1442 ވަނަ އަހަރުގެ ރަމަޟާންމަހު މާލެސިޓީގެ މިސްކިތްތަކުގައި ރޯދަ ވީއްލުމަށް މިސްކިތްތަކަށް ތަކެތި ގެންދަވާ ފަރާތްތަކުން ތިރީގައި މިދަންނަވާގޮތަށް އަމަލު ކުރެއްވުމަށް ދަންނަވަމެވެ.

  1. މާލެ ސިޓީގެ (މާލެ،ހުޅުމާލެ،ވިލިމާލެ) މިސްކިތްތަކުގައި ރޯދަ ވީއްލުމަށް ބަހައްޓަވާ ތަކެތި ހުންނަންވާނީ އެކަކު އަތްލާ ތަކެތީގައި އަނެއް މީހާއަށް އަތްނުލެވޭ ގޮތަށް ކޮންމެ މީހަކަށް ވަކިވަކިން ބޭނުންކުރެވޭނެ ގޮތަށް ބަންދުކުރެވުން.
  2. ޖޫސް ފަދަ ތަކެތި ގެންދަވާނަމަ، ކޮންމެ މީހަކަށް ވަކިން ބޭނުންކުރެވޭނެ ގޮތަކަށް ޖޫސް ތައްޔާރުކުރައްވާފައި ބެހެއްޓެވުން.  
  3. ރޯދަ ވީއްލުމުގެ ސުފުރާ ތައްޔާރު ކުރުމުގައި ގައިދުރުކޮށް ތިބެވޭނެ އިންތިޒާމް ހަމަޖެއްސެވުން.

 ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ޝަޢުބާން 1442

08 އެޕްރީލް 2021

08 އޭޕްރިލް 2021
ހޯދާ