ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފިއްލަދޫ ކައުންސިލާއި ޞިއްޙީމަރުކަޒާއި ދެމެދު ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް

އިޢުލާން

  • އަންދާސީ ހިސާބު ހުށަހެޅުން

      ސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ ހުރިހާ ރަށެއް ގުޅާލުމަށް ކުރިއަށް ގެންދެވޭ މަޝްރޫޢުގެ ދަށުން ފިއްލަދޫ  ކައުންސިލާއި ޞިއްޙީމަރުކަޒާއި ދެމެދު ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

              ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚު ތަކުގައި ފިއްލަދޫ  ސިއްހީމަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.    

 މައުލޫމާތު ސާފުކުރުން

      18 އެޕްރީލް 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި

  • އަންދާސީ ހިސާބު ހުށަހެޅުން

      26 އެޕްރީލް 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި

        މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެއްވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މީގެއިތުރުން އަންދާސީ ހިސާބު ހުށައަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން ހުށައަޅަންވާނެއެވެ. އަދި މިފަދަ ލިއުމެއްނެތި ހުށައެޅޭ އަންދާސީ ހިސާބުތައް ބަލައިގަނެވެން ނެއްވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.

08 އޭޕްރިލް 2021
ހޯދާ