ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިލެކްޓްރީޝަން

އިލެކްޓްރީޝަން
ހުޅުމާލެ އޮޕަރޭޝަންސް

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- ގްރޭޑް 10 ނުވަތަ އިލެކްޓްރިކަލް ދާއިރާއިން ލެވެލް 3 ގެ ސަނަދެއް އޮތުމާއެކު މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ކަރަންޓް ވައިރުކުރުމުގެ ދާއިރާއިން ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- މިކޯޕަރޭޝަންގެ އިންފްރާސްޓްރަކްޗަރ މެއިންޓެނެންސްގެ މަސައްކަތްތައް ސުޕަވައިޒަރުންގެ ލަފައާއި އިރުޝާދުގެ މަތިން ކުރުން. ޙާއްސަކޮށް މަރާމާތުގައި އެކުލެވޭ ކަރަންޓްގެ މަސައްކަތްތައް ކުރުން.
- ހުޅުމާލޭގެ ޕަބްލިކް ސަރަހައްދުތަކުގެ ކަރަންޓާއި ގުޅުންހުރި މައްސަލަތައް ދެނެގަނެ، އެމައްސަލަތައް ހައްލުކުރުން. މީގެތެރޭގައި ކޮމާޝިއަލް އިމާރާތްތައް، ޕާރކްތައް އަދި ކޯޕަރޭޝަންގެ އިމާރާތް ހިމެނެއެވެ.
- މެއިންޓެނަންސް މަސައްކަތްތައް ކުރުމުގައި މެއިންޓަނަންސް ޓީމް އަދި ސުޕަވައިޒަރއަށް އެއްބާރުލުންދީ އެހީތެރިވެދިނުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ކަރަންޓްވައިރުކުރުމުގެ އިތުރުން ޕްލަންބިންގ ފަދަ މެއިންޓެނަންސް އާއި ގުޅުންހުރި އިތުރު މަސައްކަތްތައް ދަންނަ ފަރާތްތަކަށް މިމަޤާމަށް މީހުންހޮވުމުގައި އިސްކަންދެވޭނެ.
- އެކުގައި މަސައްކަތްކުރާ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތްކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި ފަރާތަކަށްވުން.
- ސަލާމަތީ ކަންތައްތައް ދަންނަމީހެއްކަމުގައިވުން.
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން.

މުސާރަ: 10700.00ރ އާއި 13500.00ރ ދެމެދުގެ މުސާރައެއް ލިބޭނެއެވެ.
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
.....................................................................................................................................................................................................

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަނަވަރާއި އަދި އެކްރިޓެޑްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ޕޮލިސް ރިޕޯރޓް (އިންޓަވިއުއަށް ހޮވިއްޖެނަމަ ހުށަހަޅަންޖެހޭ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 15 އޭޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިކޯޕަރޭޝަނުގެ ރިޝެޕްޝަނަށް ވަޒީފާއަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު ހުށައެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3355305 އަށް ގުޅާލައްވާ.

ލިންކު: (https://rb.gy/zlbghs)

 

08 އޭޕްރިލް 2021
ހޯދާ