މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސަރުކާރުން އަލަށް ހުޅުވާލުމަށް ހަމެޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ގުޅޭ

  ސަރުކާރުން އަލަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ އައު މަޝްރޫޢުތަކަށް ކުރިތަމަތިލުމުގެ ފުރުޞަތު 2021 މެއި މަހުތެރޭ ހުޅުވާލުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. 

  މި ފުރުޞަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅަށްޖެހޭ އެޕްލިކޭޝަން ފޯމުގެ ނަމޫނާއާއި، މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލު މި އިޢުލާނާއެކު ހިމަނާފައިވާނެ ވާހަކަ ދަންނަވަމެވެ.  އެޕްލިކޭޝަން ފޯމުގައި،
މި މަޝްރޫޢުތަކަށް ކުރިމަތިލުމުގެ ޝަރުތު ތަކާއި، ހުޅުވާލެވިގެންދާނެ ފްލެޓްގެ ބާވަތްތައް ހިމެނިފައިވާނެއެވެ.

  އަލަށް ހުޅުވާލުމަށް ހަމެޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ފްލެޓް ލިބުމުގެ ޝަރުތު ފުރިހަމަވުމުގައި ބަލާނެ އެންމެ ދަށް މާކްސް އަކީ 42އެވެ. އަދި ފްލެޓްތައް އެލޮކޭޓްކުރުމުގައި 75 މާކްސް އަދި އެއަށްވުރެމަތިން ލިބޭފަރާތްތަކަށް ފްލެޓްކަށަވަރުކޮށްދިނުމުގައި އިސްކަންދެވޭނެއެވެ.

  މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 4003967،4004968 ނުވަތަ ނަންބަރު 4004969 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީމެއިލް ކުރައްވާނަމަ [email protected]  އަށް އީމެއިލްކުރެއްވުމަށް ދަންނަވަމެވެ.

 

08 އޭޕްރީލް 2021

08 އޭޕްރިލް 2021
ހޯދާ