ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނ.އަތޮޅު ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް

މިހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

މަގާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމްގެ ނަންބަރު:

J-253375

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ. އަތޮޅުހޮސްޕިޓަލް

މުސާރަ:

-/4465 ރުފިޔާ

ސަރވިސްއެލަވަންސް

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ.
  2. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް

  1. ނ. އަތޮޅުހޮސްޕިޓަލް އަދި ޞިއްޙީމަރުކަޒުތަކުގެ ވަޒީފާތަކަށް މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ހަމަޖެހިފައިވާ ޤަވާޢިދާ އުސޫލުތަކާ އެއްގޮތަށް ކުރުން
  2. މިނިސްޓްރީ އޮފް ހެލްތް އަދި ހޮސްޕިޓަލުގެ ސްޓްރެޓެޖިކް ޕްލޭނާއި އެއްގޮތްވާ ގޮތުގެމަތިން ކޮންމެ އަހަރަކުވެސް އެކްޝަން ޕްލޭން އެކުލަވާލުމާއި އެ ޕްލޭނާއި އެއްގޮތަށް މަސައްކަތްކުރުން.
  3. ނ. އަތޮޅުހޮސްޕިޓަލް އޮފީހަށް ލިބޭ އެންމެހައި ލިޔުންތައް އެންޓްރީ ކުރުމާއި ސެކްޝަންތަކަށް ދުވަހުން ދުވަހަށް ޙަވާލުކޮށް އެންޓްރީ ރިޕޯޓް ފުރިހަމަ ކުރުމާއި ފައިލްކޮށް ބެލެހެއްޓުން
  4. ނ. އަތޮޅުހޮސްޕިޓަލް މުވައްޒަފުންގެ ސަލާމް ފޯމްތައް ބަލައިގަނެ އިދާރާއިން ފުރިހަމަކުރަންޖެހޭ ބައިތަށް ފުރިހަމަކޮށް ހަމަޖެހިފައިވާ އުސޫލުން މުވައްޒަފުންގެ ރެކޯރޑް ބަލަހައްޓާ ފަރާތަކާއި ޙަވާލުކުރުން.
  5. ނ. އަތޮޅުހޮސްޕިޓަލްގެ ޔަވްމިއްޔާ ދުވަހުން ދުވަހަށް ފުރިހަމަކޮށް ސޮއި ކުރުވާ ފައިލްކޮށް ބެލެހެއްޓުން.
  6. ނ. އަތޮޅުހޮސްޕިޓަލްގައި ބޭއްވޭ މީޓިންގތަކަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި މީޓިންގ ތަކުގެ ޙާޟިރީއާއި ޔަވްމިއްޔާ ލިޔެ ބެލެހެއްޓުން.
  7. ނ. އަތޮޅުހޮސްޕިޓަލުން ބާއްވާ ޙަފްލާތަކާއި ވޯކްޝޮޕްތަކުގެ އިންތިޒާމްތައް ބެލެހެއްޓުން.
  8. ނ. އަތޮޅުހޮސްޕިޓަލުން އެކި ފަރާތްތަކަށް ފޮނުވާ ސިޓީ، މެސެޖު އަދި މެމޯ ފަދަ ލިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން އަދި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން
  9. ނ. އަތޮޅުހޮސްޕިޓަލާއި ޞިއްޙީމަރުކަޒު ތަކުގެ ބިދޭސީ މުވައްޒަފުންގެ ވިސާ އާއި ވޯކްޕާރމިޓްގެ ހެދުމަށް ހޮސްޕިޓަލުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން
  10. ނ. އަތޮޅުހޮސްޕިޓަލާއި ޞިއްޙީމަރުކަޒު ތަކުގެ ބިދޭސީ މުވައްޒަފުންގެ ކޮންޓްރެޓް ހެދުމަށް ހޮސްޕިޓަލުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން
  11. ނ. އަތޮޅުހޮސްޕިޓަލާއި ޞިއްޙީމަރުކަޒުތަކުގެ ބިދޭސީ މުވައްޒަފުންގެ ޗުއްޓީއާއި ބެހޭ މަސައްކަތްތައް ހަމަޖެހިފައިވާ އުޞޫލުގެމަތިން ކުރުމާއި ރެކޯރޑްތައް ބެލެހެއްޓުން.
  12. އަޕްޑޭޓް ކުރަންޖެހޭ ރަޖިސްޓްރީތައް ( މުވައްޒަފުންގެ ރަޖިސްޓްރީ ފަދަ ރަޖިސްޓްރީތައް ) އަދި އެހެނިހެން މަޢުލޫމާތުތައް އަޕްޑޭޓް ކުރުން.
  13. މުވައްޒަފުންގެ މުސާރަ ދިނުމަށް ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ހަވާލުކުރަންޖެހޭ ދުވަހަށް ބަޖެޓް ސެކްޝަނާ ހަވާލުކުރުން
  14. މުވައްޒަފުންގެ ޕާރސަނަލް ފައިލް އަޕްޑޭޓްކޮށް ބެލެހެއްޓުން
  15. ހޮސްޕިޓަލާއި ޞިއްޙީމަރުކަޒްތަކުގައި ނީލަންކިޔަން ޖެހޭ ތަކެތި ނީލަން ކިޔުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  16. ހޮސްޕިޓަލާއި ޞިއްޙީމަރުކަޒުތަކަށް ބޭނުންވާ ތަކެތި މާލިއްޔަތު ގާނޫނާއި އެއްގޮތްވާގޮތުގެ މަތިންހޯދުމާއި ސްޓޮކާއި ޙަވާލުކުރުން.
  17. ހޮސްޕިޓަލާއި ސިއްހީމަރުކަޒުތަކުގައި ބޭނުންކުރާ އެންބިއުލާންސް ތަކުގެ މަރާމާތުގެ ކަންތައް ބެލެހެއްޓުމާއި އަހަރީފީ އަދި ރޯޑްވާދިނަސް މުއްދަތުހަމަވިޔަނުދީ އަހަރުންއަހަރަށް ދެއްކުމާއި ބެލެހެއްޓުން.
  18. ހޮސްޕިޓަލުން ރަށްރަށަށް ކުރަންޖެހޭ ދަތުރުތައް ގަވާއިދާ އެއްގޮތަށް ހަމަޖެއްސުމާއި ހޮސްޕިޓަލަށް ޒިޔާރަތްކުރާ ޓީމްތަކުގެ ކެއުމާއި ހުރުމުގެ ކަންކަން ހަމަޖެއްސުން
  19. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމާއި، ޢާންމު ޞިއްޙަތު ކުރިއެރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމާއި އެހީތެރިވުން.
  20. މީގެއިތުރުންވެސް ރަސްމީ މަސައްކަތާއި ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުތު

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު ، 'ސެކަންޑަރީ ސްކޫލު'ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން  'ސީ' ގުރޭޑް ލިބިފައިވުން.

ޕްރިފަރޑް ޑިސިޕްލިން :  ނެތް

މަޤާމަށް ކޯ ޑިސިޕްލިން: ނެތް

ގުޅޭ ވަޒީފާގެދާއިރާތައް

އެޑްމިނިސްޓްރޭޝަން /މެނޭޖްމެންޓް

ހުށައަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު. ( މި ފޯމް ސިވިލްސަރވިސް ކޮމިޝަންގެ  www.csc.gov.mv ވެބްސައިޓުންނާއި ނ. އަތޮޅުހޮސްޕިޓަލްގެ އޮފީހުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ

  ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓުފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާމަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

  (ހ) މޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ  ރާއްޖެއިން ބޭރުގެމަތީ ތަޢުލީމުދޭ ކަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް، ނުވަތަ ސެޓުފިކެޓު ނެތް ޙާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

  (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް  ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްގެ ކޮޕީ

6. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާ ވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާ ގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަ ދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.(

 (ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  2. މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

މަޤާމަށް އެދެންވީގޮތާއި،ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސާރވިސް ކޮމިޝަނުން އެންމެ ފަހުން އާންމު ކޮށްފައިވާ ސިވިލް ސަރވިސް ގެ ވަޒީފާއަށް އެދޭ ފޯމް)   ނ. އަތޮޅުހޮސްޕިޓަލްގެ އޮފީހުން ލިބެންހުންނާނެއެވެ. އަދި ސިވިލްސަރވިސްގެ ވެބްސައިޓް http://www.csc.gov.mv/download/2249 އިން ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށްއެދި ހުށަހަޅުއްވާތަކެތި ހުށަހަޅުއްވާނީ 19 އެޕްރީލް 2021 ވަނަ ދުވަހުގެ 14:00 ގެކުރިން ނ. އަތޮޅުހޮސްޕިޓަލްގެ އޮފީހަށެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާނަމަ، އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޯކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީއެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ.އަދި ހުށަ އަޅާ ފޯމަކީ  ސިވިލް ސާރވިސް ކޮމިޝަނުން އެންމެ ފަހުން އާންމު ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ކަން ކަށަވަރުކުރުމަށް ދަންނަވަމެވެ.

   

ޝޯޓްލިސްޓްކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިހާން އޮންނާނެތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިހާން އޮންނާނީ 20 އެޕްރީލް އާއި 29 އެޕްރީލް 2021 އާއި ދެމެދު ނ. އަތޮޅުހޮސްޕިޓަލްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން އެމުއްދަތުގެ ތެރޭގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް(A2 ފޯމް) އާއްމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް" (A2 ފޯމް) އާންމުކޮށް ފެންނާނެހެން ނ. އަތޮޅުހޮސްޕިޓަލްގެ ނޯޓިސްބޯޑުގައި  އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް  ނ. އަތޮޅުހޮސްޕިޓަލްގެ އޮފީހަށް ހުށައަޅަންވާނެއެވެ.

އިތުރުމަޢުލޫމާތު

މިއިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ނަންބަރު 6560037 ފޯނަށެވެ. އީ-މެއިލް ކުރައްވާނީ   [email protected]އަށެވެ.

ސިވިލް ސަރވިސްގެ  ވަޒީފާތަކަށް މީހުން  ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އިޞޫލުތަކާއި ގުޅުންހުރި އެންމެހައި  ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ ޢުޞޫލާއިގުޅޭ" (http://www.csc.gov.mv/dc/recruitment-usoolu)  އިން  ލިބެން  ހުންނާނެއެވެ.

08 އޭޕްރިލް 2021
ހޯދާ