އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރަރ، ޖެނެރަލް ވޯކްސް

ލޭބަރަރ، ޖެނެރަލް ވޯކްސް                            ނަންބަރު: AIA-HR/ADM/IL/2021/12

ބޭނުންވާ އަދަދު: 1

  • އަސާސީ މުސާރައިގެ އިތުރުން ދެވޭ އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައް ކޮމްޕެނީ ޕޮލިސީގެ ދަށުން ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

  • ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، އުމުރުން 50 އަހަރުން މަތީގެ މީހަކު ކަމުގައި ނުވުން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • މީހުންނާ މުއާމަލާތް ކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން.
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ބުރަ މަސައްކަތް ކުރެވޭނެ ފަދަ ސިއްހަތެއް ހުރުމާއެކު ގިނަ ގަޑިތަކުގައި އަވީގަޔާއި ފިނީގައި މަސައްކަތް ކުރެވޭ ފަދަ މީހަކަށްވުން.
  • އެކަނި މަސައްކަތް ކުރެވޭ ފަދަ މީހަކަށްވުން.

އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:

  • އެއަރޕޯޓް އިމާރާތްތަކާއި ވަޞީލަތްތައް ދަމަހައްޓާ މަރާމަތުކުރުން.
  • ވިނަކޮށައި، ކުނިކަހައި ފަތް ނަގައި  ގަމުގެ އެކި ސަރަހައްދުތައް ސާފުތާހިރުކޮށް ބެހެއްޓުމަށް ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރުން.
  • ސުޕަވައިޒަރުގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން ގަމުގެ އިމާތާރްތަކާއި ވަސީލަތްތައް ދަމަހައްޓައި ސާފުކުރުން.

 

މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 21 އެޕްރީލް 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާއަށް އެދޭ ފޯމް www.ganairport.com އިން ޑައުންލޯޑް ކުރެވޭނެއެވެ.

ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

07 އޭޕްރިލް 2021
ހޯދާ