ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މަޤާމުގެ މަސްއޫލިއްޔަތުން ކައުންސިލަރުން ވަގުތީ ގޮތުން އެއްކިބާކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމިކަން އެންގުން - ދ.މީދޫ

އިޢުލާން

މަޤާމުގެ މަސްއޫލިއްޔަތުން ކައުންސިލަރުން ވަގުތީ ގޮތުން އެއްކިބާކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމިކަން އެންގުން

ދ. މީދޫ ކައުންސިލާ ގުޅޭގޮތުން އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ހިންގި އިންކުއަރީއިން، ޤާނޫނު ނަންބަރު 2020/5 ގެ ދަށުން ކައުންސިލްތައް ހިންގުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު ގެ 73 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ، މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަޞީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކައުންސިލަރުންގެ ޢަމަލުތައް ބަހައްޓާފައިވާކަން އެނގެން އޮތުމާއި، އަދި އޭގެ ތެރެއިން ބައެއް ޢަމަލުތައް ތަކުރާރުކޮށްފައިވާކަން އެނގެން އޮތަތީ، މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ކުޑަބޮޑު މިނާއި، ދ. މީދޫ ކައުންސިލަރުންނާ ގުޅޭގޮތުން މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ސަބަބުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބޭނެކަމަށް ފެންނާތީ، ޤާނޫނު ނަންބަރު: 5/2020 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020)ގެ 8 ވަނަ މާއްދާގެ (ނ) ގެ (3) އާއި، ޤާނޫނު ނަންބަރު: 5/2020ގެ ދަށުން ކައުންސިލްތައް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ 81 ވަނަ މާއްދާގެ ދަށުން ދ. މީދޫ ކައުންސިލުގެ ރައީސް އިޔާސް އިސްމާޢީލް ލަޠީފް (ބިއްލޫރިވިލާ، ދ. މީދޫ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A363658)އާއި ނައިބު ރައީސް ޝުރައިފް އިބްރާހީމް ރަޝީދު (ގަނދަކޯޅިމާގެ، ދ. މީދޫ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A210035)އާއި ކައުންސިލަރ މުޙައްމަދު ތައުފީޤު (ޝާދީވިލާ، ދ. މީދޫ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A111928)، މުސާރައާއި ޢިނާޔަތްތައް ނުލިބޭގޮތަށް، 2021 މާރިޗު 4 ވާ ބުރާސްފަތި ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަހަށް ސަސްޕެންޑުކުރުމަށާއި، އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން އެ ރިޕޯޓުގައި ލަފާދީފައިވާ ފަދައިން ޢަމަލުކުރުމަށް، 2021 މާރިޗު 3 ވަނަ ދުވަހު ބޭއްވި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ 2021 ވަނަ އަހަރުގެ 08 ވަނަ ބައްދަލުވުމުން ނިންމާފައިވާތީ، ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 62 ވަނަ މާއްދާގެ (ޅ)ގެ ދަށުން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރީމެވެ.

25

ޝަޢުބާން

1442ހ.

07

އެޕްރީލް

2021މ.

07 އޭޕްރިލް 2021
ހޯދާ