މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގެ ދަށުން ކިޔަވައިދިނުން

މި އޮތޯރިޓީން މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރު ކުރުމުގައި ކުރާ އެންމެ މުހިންމު އެއް މަސައްކަތަކީ، ރާއްޖޭގެ މަތީ ތަޢުލީމު ދޭ މަރުކަޒުތައް ކަމުގައިވާ ޔުނިވަރސިޓީތަކަޢި، ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކުގައި ހިންގަން ބޭނުންވާ މަތީ ތަޢުލީމުގެ ޕްރޮގްރާމްތަކަށް ހިންގުމުގެ ހުއްދަ ދިނުމެވެ. މި ހިންގުމުގެ ހުއްދައިގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ 'ޑެލިވަރީ މޮޑަލިޓީ' އެވެ. އީ-ލަރނިންގ އިން މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް ހިންގުމުގެ ހުއްދަ ދެވެނީ ކޮންމެ ޕްރޮގްރާމެއްގެ ހުއްދައާ އެކު ވަކިން އަދި އެ މަރުކަޒެއް ހުންނަ ރަށުގައި ތިބޭ ދަރިވަރުން މަރުކަޒަށް ހާޒިރުވާ ގޮތަށެވެ. އެ މަރުކަޒެއް ހުންނަ ރަށުގައި ދިރިއުޅޭ ދަރިވަރުންނަށް އީ-ލަރނިންގ އިން ކިޔަވައިދިނުމުގެ ހުއްދަ މި އޮތޯރިޓީން އެއްވެސް މަރުކަޒަކަށް ދީފައި ނޯންނާނެއެވެ.

މި އޮތޯރިޓީން ހުއްދަ ދީފައި ނުވާ ކަމެއް ބައެއް މަރުކަޒުތަކުން ކުރާ ކަމަށް ޝައްކުކުރެވޭތީ، މިކަމާ މެދު މި އޮތޯރިޓީގެ ގަވަރނިންގ ބޯޑުގެ 2020 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމާފައިވަނީ، އީ-ލާރނިންގ ޑެލިވަރީ މޮޑަލިޓީ ގައި ކިޔަވައިދިނުމުގެ ހުއްދަ ޕްރޮގްރާމް އެޕްރޫވަލް ގައި އެމް.ކިޔު.އޭ އިން ދޭންވާނީ، (ނުކުޅެދުންތެރިކަމެއް ނުވަތަ ބޮޑު ބައްޔެއް ފަދަ) މަޖުބޫރު ޙާލަތެއް މެދުވެރިވެފައި ތިބޭ ދަރިވަރުންނަށް ފިޔަވައި، ތަޢުލީމު ދޭ މަރުކަޒު ނުވަތަ ކެމްޕަސް ޤާއިމުވެފައި ހުންނަ ރަށް ނޫން އެހެން ރަށްރަށުގެ ދަރިވަރުންނަށް ކަމުގައެވެ.

 

            އަދި ދަންނަވަމެވެ. ކޮވިޑް-19 ގެ ޙާލަތަކާ ގުޅިގެން މި އޮތޯރިޓީން ދީފައިވާ ޢާއްމު ހުއްދަ މި ސަރކިއުލަރ ގައިވާ ކަންކަމުން އިސްތިސްނާވާކަން ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

 

24 ޝައުބާން 1442

06 އޭޕްރީލް 2021

06 އޭޕްރިލް 2021
ހޯދާ