ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ

ދިރިއުޅުމައްޓަކައި ބަންޑާރަގޯތި ދޫކުރުމާއި ބެހޭ

           މި ރަށުން ދިރިއުޅުމައްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފީމެވެ.

ގޯއްޗަށް އެދުމުގައި އަމަލުކުރަންވީ ގޮތް:

-          ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައި ކައުންސިލްގެ އިދާރާއިން ދޫކުރާ "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ނެގުމަށްފަހު ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު ފޯމު ހުށަހެޅުން.

ގޯތި ދޫކުރާ ސަރަޙައްދުތައް:-

މިއިއުލާނާއިއެކު ހިމަނާފައިވާ ޗާޓުތަކުގައި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކާއި ގޯތިތަކުގެ އަދަދު ހިމެނިފައިވާނެއެވެ. މިއިން ކޮންމެ ގޯއްޗެއް ގެ ބޮޑުމިނަކީ 1500 އަކަފޫޓާއި 2000 އަކަފޫޓެވެ.

މިބުރުގައި ދޫކުރެވޭ ގޯތީގެ ޖުމުލަ: 25 ގޯތި

 

 ގޯއްޗަށް އެދި ކުރިމަތިލެވޭ މީހުންގައިހުންނަންޖެހޭ ޝަރުޠުތައް:-

1-    ދިވެހި ރައްޔިތަކަށްވުން.

2-    އުމުރުން 18 އަހަރު ވެފައިވާ މީހަކަށްވުން.

3-    ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން، ތިރީގައި ބަޔާންކޮށްފައިވާފަދައިން ބިމެއް ލިބިފައި އޮވެގެން ނުވާނެއެވެ.

3.1 ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ފުލެޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ ބޯހިޔާވަހިކަމެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.

3.2 ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ، އަނބި/ފިރިމިހާ އަށް ބަންޑާރަ ގޯއްޗެއްގައިވާ އަދި ސަރުކާރުން ދޭ ފްލެޓެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިނެތުން.

3.3 އިސްވެ ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކުން، 600 އަކަފޫޓަށްވުރެ ކުޑަ ނުވަތަ ބޮޑުބައެއް ލިބިފައިވާނަމަ "ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވާއިދު" އާއި އެއްގޮތް ވާގޮތުގެމަތިން އެބިން ދޫކޮށްލަން އެއްބަސްވުން. އަދި އެފަދައިން ބިން ދޫކޮށްލަން އެއްބަސްވާ ކަމުގެ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި އެފަދަ ލިޔުމެއް ހުށަނާޅާނަމަ، ފޯމުބާތިލްވާނެއެވެ.

3.4 ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި ރަޖިސްޓަރީކޮށްފައި ވީނަމަވެސް އެތަނެއް ދޫކޮށްލިތާ ނުވަތަ އެހެންފަރާކަށް ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކާފައިވާތާ 5 އަހަރަށްވުރެ ގިނަދުވަސް ވެފައިވުން.

3.5 ފާއިތުވި 5 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ވާރުތަ މުދަލުގެ ގޮތުގައި ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ޝަރުޢީ މަރުހަލާގެ ތެރެއިން ދޫކޮށްލާފައިވާ ފަރާތަކަށް ނުވުން.

3.6 ރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައިވުން.

3.7 އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 5 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

ނޯޓް: މިޝަރުތުތައް ހަމަނުވާ ފަރާތްތަކުގެ ފޯމް އިވެލުއޭޝަން މަރުހަލާގައި ބާޠިލްވާނެއެވެ. އަދި އެ ފޯމްތައް ބާޠިލްވެފައިވާކަން ސަބަބާއެކު، ފޯމް ހުށަހެޅި ފަރާތަށް ލިޔުމުން އަންގާނެއެވެ.

4. ގޯތި ދިނުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އިތުރު ޝަރުތުތައް:

(ހ) ދެމަފިރިންނަށް ކޮންމެ މީހަކަށް ގޯއްޗެއް ނުދެވޭނެއެވެ.

(ށ) މައިންބަފައިން ނިޔައުވެ މައިންބަފައިންގެ ގޯތި ގެދޮރު ލިބޭ މީހުންގެ ތެރެއިން ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ނުލިބޭ މީހުންނަށް ގޯތި ދޫކުރެވޭނީ މައިންބަފައިންގެ ތަރިކައިގެ މައްސަލަ ޝަރީޢަތަށް ހުށަހަޅައި ޝަރީޢަތުންނިމި އެ ގޯއްޗެއްލިބޭ ފަރާތެއް އެނގުމުންނެވެ.

 

5. ގޯއްޗަށް އެދޭފޯމު ދޫކުރުމާއި ބަލައިގަތުން:

      - ފޯމު ދޫކުރާނީ 07 އޭޕްރީލް 2021 ވާ ބުދަ ދުވަހުން ފެށިގެން 27 އޭޕްރީލް 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 12:00 ށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 12:00 ށް

      - ފޯމު ބަލައިގަތުމަން ހަމަޖެހިފައިވަނީ 07 އޭޕްރީލް 2021 އިން 27 އޭޕްރީލް 2021 ށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 12:00 ށް

   ވީމާ، ދިރިއުޅުމައްޓަކައި ގޯތި ހޯދުމަށް އެދޭ ފަރާތްތަކުގެ ތެރެއިން މަތީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820020 އަށް ގުޅުއްވުން އެދެމެވެ.

 

         25 ޝައުބާން 1442

         07 އޭޕްރީލް 2021

07 އޭޕްރިލް 2021
ހޯދާ