އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ސީނިއަރ އޮޕްޓޮމެޓްރިސްޓް

މަޤާމު:

ސީނިއަރ އޮޕްޓޮމެޓްރިސްޓް

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވަގުތީ

މުއްދަތު:

1 އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އާއި ހޮސްޕިޓަލްގެ ދަށުން ހިންގާ ހެލްތް ސެންޓަރުތައް

މުސާރަ:

-/ 7035.00

ސަރވިސް އެލަވަންސް:

-/ 2500

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  1. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އައިނު ނަންބަރު ނެގުމާއި ކޮންޓެކްޓް ލެންސް ނަންބަރު ނެގުން.
  2. ލޮލުގެ މަސްތަކުގައި ވަރުދެރަކަމެއް ހުރިތޯ ބަލައި ފަރުވާ ދިނުން / ވޮޝަން ތެރަޕީ އަދި އެމްބްލޯޕިއާ ނުވަތަ ލޭޒިއާ ހުންނަ ބަލިމީހުންނަށް ފަރުވާ ދިނުން
  3. ލޮލުގެ ސަރޖަރީ ހެދުމާއި ފަހުން ބޭނުންވާ ތެރަޕީ ދިނުން
  4. މީގެ އިތުރުންވެސް މެޑިކަލް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުން އަންގަވާ އެންމެހާ މަސައްކަތްކުރުން.

 

މަޤާމުގެ ޝަރުޠުތައް:

  1. އޮޕްޓޮމެޓްރީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އޮޕްޓޮމެޓްރީގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. އޮޕްޓޮމެޓްރީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.

  1. ވަޒީފާއަށް އެދޭ ފޯމު
  2. ސީވީ
  3. އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  7. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން / ލައިސެންސްގެ ކޮޕީ

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތައުލީމަށް ބަލައިގެން
  2.  ލިބިފައިވާ  މަސައްކަތުގެ ތަޖުރިބާ އަށް ބަލައިގެން
  3.  އަދި ލިބިފައިވާ ހުނަރަށް ބަލައިގެން 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 އެޕްރީލް 2021، 13:00 ގެ ކުރިން، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އަދި އިމްތިހާން އޮންނާނީ، 19 އެޕްރީލް  2021 އާއި 30 އޭޕްރީލް 2021 އާ ދެމެދު، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885045 އަށެވެ.

 

06 އޭޕްރިލް 2021
ހޯދާ