އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ބީލަން ހުށަހަޅާ ތާރީޚް ފަސްކުރުން

މި އޮފީހަށް 2 ފަޔަރވޯލް އެޕްލިއަންސް ގަތުމަށް ކުރެވުނު ނަމްބަރު: (IUL)7-ADMN/1/2021/18 (1 އޭޕްރީލް 2021)  އިޢުލާނުގައި   އަންދާސީހިސާބު ހުށަހެޅުމަށް ބަޔާންކޮށްފައިވާ 11 އޭޕްރީލް 2021 ވާ އާދީއްތަ ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮގޮތުގައި ކަނޑައެޅުމާގުޅިގެން މި ތާރީޙް މިވަނީ ބަދަލުކުރެވިފައެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުއްވުމަށް 2021 އޭޕްރީލް 15 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

06 އޭޕްރިލް 2021
ހޯދާ