އާމިނާދިޔޯ ޞިއްޙީ މަރުކަޒު، ހއ. އިހަވަންދޫ
ދިވެހިރާއްޖެ
ޖެމްސް ނެޓްވޯރކް އެޅުމަށް ބޭނުންވާ ކޭބަލް ވަޅުލުން

މިމަރުކަޒުގައި ޖެމްސް ނެޓްވޯރކް އެޅުމަށް ބޭނުންވާ ކޭބަލް ވަޅުލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 07 އެޕްރީލް 2021 ން 14 އެޕްރީލް 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން 13:00 އަށް މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 15 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި،ޕާރޓްނާރޝިޕް،ލޯކަލް އިންވެސްޓްމަންޓް ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ރަސްމީގަޑިތަކުގައި މިމަރުކަޒުން ސާފުކުރެއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށައެޅޭނީ މަޢުލޫމާތު ސާފުކުރި ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

‏06‏ އޭޕްރިލް‏ 2021

06 އޭޕްރިލް 2021
ހޯދާ