އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލަށް މުދާ ސަޕްލައިކުރައްވާ ފަރާތްތަކުން ވެންޑަރ ރަޖިސްޓްރީ ކުރުމަށް ފުރުސަތު ދިނުން

އިޢުލާން

ވެންޑަރ ރެޖިސްޓްރީ ކުރުމުގެ ފުރުސަތު

މި ހޮސްޕިޓަލަށް މުދާ ސަޕްލައި ކުރައްވާ ފަރާތްތަކުން ވެންޑަރ ރަޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާލަމެވެ. މިގޮތުން، މުދާ ސަޕްލައި ކުރައްވާ ފަރާތްތަކުން އެ ފަރާތްތަކުގެ ޕްރޮޑަކްޓް ތަކަށް ލިބިފައިވާ ސޯލް ޑިސްޓްރިބިއުޓާރޝިޕް/ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރޝިޕް/ އޮތޮރައިޒް ޕަރޓްނަރޝިޕް އަދި އޮތޮރައިޒް ރީސެލަރ މި ހޮސްޕިޓަލާއި ހިއްސާ ކުރުމަށް ދެންނެވީމެވެ. މީގެ އިތުރުން، ކޮމްޕެނީ ރެޖިސްޓްރޭޝަން ސެޓްފިކެޓާއި ޖީ.އެސް.ޓީ. ރެޖިސްޓްރޭޝަން ސެޓްފިކެޓާއި އެކު، މި އިޢުލާނާއިއެކު ހީރަސް ކުރެވިފައިވާ ވެންޑަރ ރެޖިސްޓްރޭޝަން ފޯމުގައިވާ މަޢުލޫމާތު ފުރިހަމަ ކުރުމަށްފަހު [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ވެންޑަރ ރެޖިސްޓްޓްރޭޝަން ފޯމް މި ހޮސްޕިޓަލްގެ ވެބްސައިޓް www.igmh.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާއެވެ.

ފޯމް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 30 އޭޕްރިލް 2021 ގެ 14:00  އެވެ.

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 3335349 ، 3335254 ، 3335105 އަށް ގުޅުއްވުން އެދެމެވެ.

                           23 ޝަޢުބާން 1442

                           06 އޭޕްރިލް 2021

06 އޭޕްރިލް 2021
ހޯދާ