ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

               މިކުންފުނީގެ އެފް އެސް އެމް ތިލަފުށި ސައިޓުގައި ހުރި އައުޓްބޯޑް ތިން އިންޖީނު ނީލަމުގެ އުސޫލުން ވިއްކާލުމަށް ބޭނުންވެއެވެ.

ތަން:         އެފް އެސް އެމް ތިލަފުށި ސައިޓް (ބޯޓްޔާޑް)

މުދަލުގެ ބާވަތް:  ޔަމަހާ އައުޓްބޯޑް އިންޖީން.

  • YAMAHA Model No: F 100BET, Serial No: 6C X 1012099      
  • YAMAHA Model No: F 100BET, Serial No: 6C X 1012098      
  • YAMAHA Model No: F 100BET, Serial No: 6C L 1006300      

ބީލަން ފެށޭ އަގު: ނީލަން ފެށޭނީ 260،925 (ދެލައްކަ ފަސްދޮޅަސްހާސް ނުވަސްތޭކަ ފަންސަވިސް) ރުފިޔާއިންނެވެ.

 

      މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 06 އެޕްރީލް 2021 ވަނަ ދުވަހުން ފެށިގެން 10 އެޕްރީލް 2021 އާއި ދެމެދު ރަސްމީ ގަޑި ނިމެންދެން މިކުންފުނީގެ އެފް އެސް އެމް ތިލަފުށި ސައިޓަ އަށް ހާޞިރުވެ މިތަކެތި ބެއްލެވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

  • ބީލަން ހުށަހެޅުމާއިއަގު ހުށައެޅުން: ބީލަން ހުށަހަޅުއްވާނީ 11 އެޕްރީލް 2021 ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްގެ ޒަރީޢާއިންނެވެ.
  • (އީމެއިލް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ހަމައްޖަސާފައިމިވަނީ، ކޮވިޑް-19 ގެ މިޙާލަތުގައި ގިނަ ފަރާތްތަކަކުން އެއްތަނަކަށް ޖަމާވެ ބައްދަލުވުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށް ނުވާތީއެވެ)
  • އަގު ހުށައެޅުއްވާ ފަރާތްތަކުން އެފަރާތެއްގެ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ (އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު)  މެއިލްގައި ހިމަނަން ވާނެއެވެ.
  • އަގު ހުށައަޅުއްވާނީ މި އިއުލާނާއެކު ހިމެނިފައިވާ ނީލަމަށް އަގު ހުށައަޅާ ފޯމުންނެވެ.
  • ނީލަން އެވޯޑުކުރެވޭނީ އެންމެ މަތިން އަގު ހުށަހަޅުއްވާ ފަރާތަކަށްށެވެ. ނީލަން އެވޯޑު ކުރެވޭތާ 4 ދުވަހުގެ ތެރޭގައި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފައިނޭންސްއަށް ފައިސާ ދައްކާ ޚަލާސް ކުރައްވަން ވާނެއެވެ. ތަކެތި ގެންދެވޭނީ ފައިސާ ދައްކާ ޚަލާސްކުރުމަށް ފަހުއެވެ.
  • ފައިސާ ދެއްކުމަށްފަހު، 03 ދުވަސް ތެރޭ ތަކެތި ގެންދަވަންވާނެއެވެ.

 

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3331476 ނުވަތަ 7778590 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ.

06 އޭޕްރިލް 2021
ހޯދާ