ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މަސައްކަތު (ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް)

މަޤާމް :މަސައްކަތު (ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް)
ބޭނުންވާ އަދަދު :1

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

1

އޮފީސް:

ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (ކ. މާލެ)

ގްރޭޑް:

01

ސްޕައިން ޕޮއިންޓް:

01

މުސާރަ:

މަހަކު 3,549.22 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1,521.09 ރުފިޔާ

މަސައްކަތު ގަޑި:

މެންދުރުފަސް

 

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

އަސާސީ ފެންވަރު

މަޤާމުގެ މަސްއޫލިއްޔަތު:

 

  1. ކޮންމެދުވަހަކުވެސް އެދުވަހަކު ފޮޅައި ސާފުކޮށް ކުނިކަހަންޖެހޭ ތަންތަން ކުނިކަހައި ފޮޅައި ސާފުކޮށް މޮޕްއަޅަންޖެހޭ ތަންތަނުގައި މޮޕްއެޅުން.
  2. އުކާލަންޖެހޭ ކުނިތައް އުކާލުމަށްޓަކައި ޑަސްބިނަށް އެޅުން. ޑަސްބިނަށް ނުލެވޭވަރުގެ ތަކެތި އުކާލުމަށްޓަކައި ގޯތިތެރޭގައި އެފަދަ ތަކެތި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނުގައި ބެހެއްޓުން.
  3. ބަދިގެއާއި ރެސްޓޯރެންޓްގައި ބޭނުންކުރާ ތަކެތި ދޮވެސާފުކުރުމާއި ލޯންޑްރީގައި ދޮންނަންޖެހޭ ތަކެތި ދޮވެ އިސްތިރިކުރަންޖެހޭ ފޮތި ދޮވެ އިސްތިރިކޮށް އެތަކެތި ބަހައްޓަންޖެހޭ ތަންތަނުގައި ބެހެއްޓުން.
  4. މުވައްޒަފަކު ސަލާމް ބުނުމުނާއި ޗުއްޓީ ނެގުމުން ބަދަލުގައި އެމުވައްޒަފެއްގެ މަސައްކަތް ކުރަން ޙަވާލުކުމުން މުވައްޒަފުންގެ މެދުގައި ބަހާފައިވާ އުޞޫލުގެމަތިން ސަލާމުގައިހުރި މުވައްޒަފުގެ މަސައްކަތް ކުރުން.
  5. ޖަލްސާތަކަށާއި އިމްތިޙާންތަކަށް ކްލާސްރޫމް ނުވަތަ އެނޫންތަންތަން ތައްޔާރުކުރަންޖެހުމުން އެމަސައްކަތް ކުރުން. މީގެ އިތުރުން ގަސް އިންދައި ބެލެހެއްޓުމުގެ މަސައްކަތާއި ކުއްލިގޮތަކަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. މުވައްޒަފުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ މަސައްކަތް ކުރުން.
  7. މަޤާމާއި ގުޅޭގޮތުން ފެކަލްޓީގެ ފަރާތުން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން.
  8. މިނޫންވެސް މަޤާމާއި ގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2021 އެޕްރީލް 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް ނުވަތަ ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

http://bit.do/MNUJobs-FHTS-2021-50

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://bit.do/MNU-JobApplicationForm

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، ވަޒީފާގަައި އުޅެފައިވާކަމުގެ ލިޔުން
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު.

ނޯޓް:

 

  • މި މަޤާމަށް ހޮވޭ މުވައްޒަފަކު ހެނދުނު ދަންފަޅީގައިވެސް ޑިއުޓީ އަދާކުރަންޖެހިދާނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 03 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
    • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345405 ނަމްބަރު ފޯނަށެވެ.
06 އޭޕްރިލް 2021
ހޯދާ