މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް އިންޕޯޓުކުރާ ފުޑް ސަޕްލިމެންޓު ބޯޑާރއިން ދޫކުރުމާއި ގުޅޭ

އިޢުލާން

ދިވެހިރާއްޖެއަށް އިންޕޯޓުކުރާ ފުޑް ސަޕްލިމެންޓު ބޯޑާރއިން ދޫކުރުމާއި ގުޅޭ

             ދިވެހިރާއްޖެއަށް ފުޑް ސަޕްލިމެންޓް އިންޕޯޓުކުރުމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލު "ދިވެހިރާއްޖެއަށް އިންޕޯޓުކުރާ ފުޑް ސަޕްލިމެންޓަށް ހެލްތު ކްލިއަރަންސް ދިނުމުގެ އުސޫލު" ގެ ދެވަނަ އިސްލާހު MFDA-FCD GL 2-2020 (Rev 02 - Mar 2021)  ވަނީ މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓް އަދި މި އޮތޯރިޓީގެ ދިރިތި ޕޯރޓަލްގައި ޝާޢިޢު ކޮށްފައެވެ.

           ވީމާ، މި އިޢުލާން އާންމުވާ ދުވަހުން ފެށިގެން މަތީގައި ދެންނެވިފައިވާ ގޮތަށް މި އޮތޯރިޓީން ޢަމަލުކުރަން ފަށާނެކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގާ އިޢުލާން ކުރީމެވެ.

           އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އޮތޯރިޓީގެ ފުޑް ކޮންޓްރޯލް ޑިވިޝަންގެ ނަންބަރު 3014361 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

 

23 ޝަޢުބާން 1442ހ.

05 އޭޕްރިލް 2021
ހޯދާ