މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ މަހާއި މަހުގެ ބާވަތްތަކަށް ނަގަންޖެހޭ ފައިސާ " ބަނޑޭރި ޕޭ " އޮންލައިން ޕޯޓަލް މެދުވެރިކޮށް ނެގުމާއި ގުޅޭ

އިޢުލާން

 

 

          ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ މަހާއި މަހުގެ ބާވަތްތަކަށް މި އޮތޯރިޓީން ދޫކުރާ ހެލްތް ސެޓްފިކެޓަކީ ރަސްމީ އަދި ނުރަސްމީ ގަޑިތަކުގައި ވެސް ދޫކުރަމުންދާ ސެޓްފިކެޓްކަށްވާތީ މިފައިސާ އެޑްވާންސްކޮށް ދެއްކޭނެ އިންތިޒާމް ކުރިން ވާނީ ހަމަޖެއްސިފައެވެ. ނަމަވެސް މިހާރު ދައުލަތުގެ އިދާރާތަކުން ދޭ ޚިދުމަތްތަކަށް ނަގަންޖެހޭ ފައިސާ " ބަނޑޭރި ޕޭ " އޮންލައިން ޕޯޓަލް މެދުވެރިކޮށް ނެގުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ވަނީ އަންގަވާފައެވެ. ވުމާއި އެކު ހެލްތް ސެޓްފިކެޓް އަށް އެދިލައްވާއިރު އޮންލައިންކޮށް ވަގުތުން މި ފައިސާ ދެއްކޭނެ އިންތިޒާމް މިހާރު މިވަނީ ހަމަޖެހިފައެވެ.

 

ވީމާ ، 11 އެޕްރީލް 2021 ން ފެށިގެން ހެލްތް ސެޓްފިކެޓަށް އެޑްވާންސްކޮށް ފައިސާ ނުނަގާނެ ވާހަކަ ދެންނެވީމެވެ.

 

               

23 ޝަޢުބާން 1442 ހ.

05 އޭޕްރިލް 2021
ހޯދާ