ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލައްވެފައިވާ މަސްބޯޓެއް ނީލަން ކިޔުން

ލައްވެފައިވާ މަސްބޯޓެއް ނީލަން ކިޔުން

 22 ފެބުރުވަރީ 2020 ވަނަ ދުވަހު މިރަށު އިރު އުތުރު ފަޅުތެރެއަށް ލައްވެފައިވާ މަސްބޯޓެއް (ގާތްގަނޑަކަށް 25 ފޫޓު ދިގު، މަސްބޯޓު ލައްވި އިރު ބޯޓު  އޮތީ ބަންޑުން) ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

 ނީލަންފެށޭ އަގަކީ 2000.00ރ (ދެހާސް ރުފިޔާ) އެވެ. ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން 500.00 ރ (ފަސްސަތޭކަ ރުފިޔާ) އެވެ. ބޯޓު ގަތުމަށް، ހުށަހަޅުއްވާ ސިޓީގައި އިޢުލާނު ނަންބަރާއި، ހުށަހަޅާފަރާތުގެ ފުރިހަމަނަން އައިޑީކާޑު ނަންބަރު މޯބައިލް ފޯނު ނަންބަރު އަދި  ބޯޓު ގަތުމަށް ހުށަހަޅާ އަގު ދިވެހި ރުފިޔާއިން ބަޔާންކުރަންވާނެއެވެ. އަދި ހުށަހަޅުއްވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީއެއް ސިޓީއާއެކު ހުށަހަޅުއްވަންވާނެއެވެ.

ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 ގެ ކުރިން ބޯޓު ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. ނީލަމަށް އަގު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާއަށެވެ. ނުވަތަ، ސިޓީ މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ [email protected]  އަށެއެވެ.

ކޮންމެ ދުވަހަކު މެންދުރުފަހު 1:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު އެ ދުވަހެއްގެ މެންދުރުފަހު 2:00 ގައި މިއިދާރާގެ ނޯޓިސްބޯޑުގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ލިބުމަށްފަހު، ރަސްމީ 5 ދުވަހުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ، އެ ފަރާތަކަށް ދޫކުރާ ނީލަން ކާމިޔާބުކުރި ކަމުގެ ލިޔުން ބާޠިލުކޮށް ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް، ނީލަން ކާމިޔާބުވެފައިވާކަން އަންގާ ލިޔުން ދޫކުރެވޭނެއެވެ. އަދި، ނީލަން ކާމިޔާބުކޮށް، ފައިސާ ނުދައްކާ ފަރާތްތަކަށް މި އިދާރާއިން ކިޔާ ނީލަންތަކުގައި 4 (ހަތަރެއް) މަސްދުވަހުގެ މުއްދަތަށް ބައިވެރި ނުވެވޭނެއެވެ. 

މަސްބޯޓު ލައްވެފައިވާ ސަރަހައްދުން ނަގާފައިވާ ބޯޓުގެ ފޮޓޯއެއް އިޢުލާނާއި އެއްކާރުދާސްކޮށްފައި އެވަނީއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު: 6500031 ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

05 އޭޕްރިލް 2021
ހޯދާ