ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
ގްރާންޓް ނަމްބަރ: D199-MV
9 ރަށެއްގައި ފަނާވާޒާތުގެ ކުނި ބަޔޯޓްރީޓް ކުރުމަށް (މެކޭނިކަލް ކޮމްޕޯސްޓިންގ) ބޭނުންވާ ޕައިލޮޓް ސިސްޓަމްތައް ސަޕްލައިކޮށް، އިންސްޓޯލްކޮށް އަދި ކޮމިޝަން ކުރުމުގެ މަސައްކަތް
ޕްރޮޖެކްޓް ނަންބަރ: MV-MEE-223871-GO-RFB
(IUL)438-MCEP/438/2021/108 :ރިފަރެންސް ނަންބަރު
ތާރީޚް: 05 އޭޕްރީލް 2021
ވާރލްޑް ބޭންކުގެ ހިލޭ އެހީގައި މިމިނިސްޓްރީން ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ (އެމް.ސީ.އީ.ޕީ) ދަށުން 9 ރަށެއްގައި ފަނާވާޒާތުގެ ކުނި ބަޔޯޓްރީޓްކުރުމަށް (މެކޭނިކަލް ކޮމްޕޯސްޓިންގ) ބޭނުންވާ ޕައިލޮޓް ސިސްޓަމްތައް ސަޕްލައިކޮށް، އިންސްޓޯލްކޮށް އަދި ކޮމިޝަަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝަރުތު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުޅަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ މިދަޢުވަތު ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 22 އޭޕްރިލް 2021 ގެ 14:00 އާއި ހަމައަށް، އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ކުންފުނީގެ ނަން، ރަޖިސްޓްރޭޝަން ނަމްބަރ އަދި ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ބަޔާންކޮށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް މެދުވެރިކޮށެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މި ޕްރޮޖެކްޓްގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 3000.00 (ތިން ހާސް) އެމެރިކާ ޑޮލަރު ނުވަތަ އެޢަދަދާއި އެއްވަރުގެ ދިވެހިރުފިޔާ އިން ބިޑް ސެކިޔުރިޓީއެއް ހުށަހަޅުއްވަންވާނެއެވެ.
މިމަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވާނީ ބައިނަލް އަޤުވާމީ ވާދަވެރި ބީލަމުގެ އުޞޫލުން، ވާރލްޑް ބޭންކްގެ "ޕްރޮކިއުމަންޓް ރެގިއުލޭޝަންސް ފޯރ ބޮރޯވާރސް އަންޑަރ އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ" (1 ޖުލައި 2016) ގައި ކަނޑައަޅާފައިވާ އެބޭންކްގެ ކޮންފްލިކްޓް އޮފް އިންޓަރެސްޓް ޕޮލިސީއާއި އެހެނިހެން އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންނެވެ.
މަޢުލޫމާތު ސާފުކުރުން
މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ މިދައުވަތު ގެޒެޓް ކުރާ ތާރީޚުން ފެށިގެން އިން 22 އެޕްރިލް 2021 ގެ 14:00 އާއި ހަމައަށް މިމިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.
ބީލަން ހުޅުވުން
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 05 މެއި 2021 ވާ ބުދަ ދުވަހުގެ މެންދުރު 11.00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިންނަވަން ބޭނުންފުޅުވާ ބޭފުޅުންގެ ޙާޟިރުގައެވެ.
މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 08 އޭޕްރީލް 2021 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 05 މެއި 2021 ވާ ހޯމަ ދުވަހުގެ މެންދުރު 11.00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ބީލަން ހުށަހެޅުއްވުން އެދެމެވެ.
އެޑްރެސް:
ޕްރޮޖެކްޓް މެނޭޖަރ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން، 20392
މާލެ، ދިވެހިރާއްޖެ
ފޯން: 3018441 / 3018451