ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުއާއި ބެހޭ

                                              ނަންބަރު: (IUL)267/267/2021/10

 

އިއުލާން

 

ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުއާއި ބެހޭ

 

ހދ. ކުމުންދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރުވަނީ ފެށިފައެވެ. މި މަޝްރޫޢުގެ ދަށުން ފެނުގެ ކަނެކްޝަނާއި ނަރުދަމާގެ ކަނެކްޝަން ގޭގެއަށް އަޅައިދިނުމަށް އެދި ގޭގެ ވެރިފަރާތުން އެޕްލިކޭޝަން ހުށައަޅަންޖެހެއެވެ. މި ޚިދުމަތައްއެދި ފޯމްދޫކުރުމާއި ބަލައިގަތުމުގައި ޢަމަލުކުރާނީ ޤަވާއިދު ނަންބަރު: 2020/R-10 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފެނުގެ ޚިދުމަތްތައް ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިންނެވެ.

 

  1. ޤަވާއިދު ނަންބަރު: 2020/R-10 ގެ ދަށުން ރަށްރަށުގައި ހިންގާ ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފީއަކާ ނުލައި ފެން މީޓަރު ގުޅައިދެވޭނީ ތިރީގައިވާ ގިންތިތަކުގައި ހިމެނޭ ތަންތަނަށެވެ.
  • ރަޖިސްޓަރީ ކޮށްފައިވާ، މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ނުވަތަ ވަކިން ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ އެޕާޓްމަންޓަކަށް 1 (އެކެއް) ކަނެކްޝަން.
  • ރަޖިސްޓަރީކޮށްފައިވާ، އާންމު ޚިދުމަތްދޭ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކޮންމެ ތަނަކަށް 1 (އެކެއް) ކަނެކްޝަން.
  • ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކަށާއި ޞިނާޢީ މަސައްކަތްކުރާ ކޮންމެ ތަނަކަށް 1 (އެކެއް) ކަނެކްޝަން.
  • ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކާއި، މިސްކިތްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި ، އިޖުތިމާޢީ ބޭނުންތަކަށް ބޭނުންކުރާ ކޮންމެ ތަނަކަށް 1 (އެކެއް)  ކަނެކްޝަން.
  • ރަށުގެ ބަނދަރު ސަރަޙައްދަށް 1 (އެކެއް) ކަނެކްޝަން.
  • އާންމު ފާޚާނާތައް ސަރވޭ ކުރުމަށްފަހު އެދިޔާރު ޢައްޔަނުކުރާ އިންޖީނިޔަރު ކަނޑައަޅާ އަދަދަށް.
  • މީހުން ދިރިއުޅުނަސް ނުވަތަ ނޫޅުނަސް ގޯތީގައި އިމާރާތްކޮށް، ހިޔާކޮށްފައިވާ ކޮންމެ އިމާރާތަކަށް 1 (އެކެއް)  ކަނެކްޝަން.
  • ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ކުރިޔަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާ ތަންތަން ސަރވޭ ކުރުމަށްފަހު އެދިޔާރު ޢައްޔަނުކުރާ އިންޖީނިޔަރު ކަނޑައަޅާ އަދަދަށް.
  1. ޤަވާއިދު ނަންބަރު: 2020/R-10 ގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފީއަކާނުލައި ނަރުދަމާގެ ޖަންކްޝަން (ކެޗްޕިޓް) ގުޅައިދެވޭނީ ތިރީގައިވާ ގިންތިތަކުގައި ހިމެނޭ ތަންތަނަށެވެ
  • ރަޖިސްޓަރީ ކޮށްފައިވާ، މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ނުވަތަ ވަކިން ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ އެޕާޓްމަންޓަކަށް 1 (އެކެއް)  ކަނެކްޝަން.
  • ރަޖިސްޓަރީ ކޮށްފައިވާ އާންމު ޚިދުމަތްދޭ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކޮންމެ ތަނަކަށް 1 (އެކެއް)  ކަނެކްޝަން.
  • ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކަށާއި ޞިނާޢީ މަސައްކަތްކުރާ ކޮންމެ ތަނަކަށް 1 (އެކެއް) ކަނެކްޝަން.
  • ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި މިސްކިތްތަކާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި އިޖުތިމާޢީ ބޭނުންތަކަށް ބޭނުންކުރާ ކޮންމެ ތަނަކަށް 1 (އެކެއް) ކަނެކްޝަން.
  • އާންމު ފާޚާނާތައް ސަރވޭ ކުރުމަށްފަހު އެދިޔާރު ޢައްޔަނުކުރާ އިންޖީނިޔަރު ކަނޑައަޅާ އަދަދަށް.
  • މީހުން ދިރިއުޅުނަސް ނުވަތަ ނޫޅުނަސް ގޯތީގައި ގެއެއް އިމާރާތްކޮށް، ހިޔާކޮށްފައިވާ ކޮންމެ އިމާރާތަކަށް 1 (އެކެއް)  ކަނެކްޝަން.
  • ސަރުކާރު ނުވަތަ އަމިއްލަ ފަރާތްތަކުން ކުރިޔަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާ ތަންތަން ސަރވޭ ކުރުމަށްފަހު އެދިޔާރު ޢައްޔަނުކުރާ އިންޖީނިޔަރު ކަނޑައަޅާ އަދަދަށް.

ޚިދުމަތައް އެދި ފޯމް ހުށައަޅާއިރު ފޯމާއިއެކު ތިރީގައިވާ ލިޔުންތައް ހުށައަޅާންވާނެއެވެ. އެއްވެސް ލިޔުމެއް ހުށަނާޅާނަމަ ފޯމްބަލައިނުގަނެވޭނެއެވެ.

  • އިމާރާތުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • އިމާރާތުގެ ވެރިފަރާތް ނިޔާވެފައިވާނަމަ، ޝަރުޢީގޮތުން ކަނޑައަޅައިފައިވާ ވާރުތަވެރިޔާ ނުވަތަ ވާރުތަވެރިންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ
  • އެއްވެސް ސަބަބަކާ ހުރެ، ގެ ނުވަތަ ގޯތި ބެހުމުގެ މައްސަލަ ޝަރުޢީ ކޯޓަކަށް ހުށަހަޅައިފައިވާނަމަ، އެކަން ސާބިތުކޮށްދޭ ޝަރުޢީ ކޯޓެއްގެ ލިޔުން. 3
  • ވިޔަފާރިއެއް ނުވަތަ ސިނާޢީ މަސައްކަތެއްކުރާތަނެއްގެ ދަށުން ހުށަހަޅާނަމަ، ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ
  • ރަޖިސްޓަރީ ކޮށްފައިވާ، މީހުން ދިރިއުޅޭ ކޮންމެ ގެއަކުން ނުވަތަ ވަކިން ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ އެޕާޓްމަންޓަކުން ހުށައަޅާނަމަ އެޕާޓްމަންޓް ނުވަތަ އެބައިގެ ރަޖިސްޓްރީގެ ކޮޕީ

 

 

 

މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފެނުގެ ޚިދުމަތްތައް ނުވަތަ ނަރުދަމާގެ ޚިދުމަތްތައް އެދޭފޯމް 4 އެޕްރީލް 2021 ވާ އާދިއްތަ ދުވަހުން ފެށިގެން މިކައުންސިލުން ލިބެންހުނާނެއެވެ. ފޯމް ބަލައިގަތުމާއި ދޫކުރުން ހަމަޖެހިފައިވަނީ ތިރީގައިވާ ގަޑިތަކުގައެވެ. ފޯމް ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ 2 ޖޫން 2021 އެވެ.

 

ފޯމްދޫކުރުމާއި ބަލައިގަތުން:  ސަރުކާރު ބަންދުނޫން ކޮންމެދުވަހުކު ހެނދުނު 9:00 އިން 12:00 އަށް.

 

                   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.        

                    22  ޝަޢުބާން   1442ހ

                    04  އެޕްރީލް    2021މ

04 އޭޕްރިލް 2021
ހޯދާ