މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކު ތަރައްޤީކުރުން

މިރަށުގައި ތަރައްޤީކުރަން ފަށާފައިވާ ކުޑަކުދިންގެ ޕާކުގައި ކުރަންހުރި، ތިރީގައި ދަންނަވާފައިވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތްކުރާނީ މިއިޢުލާނާއިއެކު އެއްފަތްކުރެވިފައިވާ ކުރެހުންތަކާއި އެއްގޮތަށެވެ.

މަސައްކަތާއިގުޅޭ މަޢުލޫމާތުތައް

  1. ޕާކުތެރޭގެ ފަސްގަނޑު ލެވެލްކުރުން.
  2. ޕާކުގައި ހަރުކުރާ ތަކެތީގެ ބުޑުތައް ކޮންކްރިޓްކުރުން (30 ބުޑު) 18x18x18 އިންޗި.
  3. ޕާކުގައި ހަރުކުރަންޖެހޭ ތަކެތި ހަރުކުރަން ކަނޑައަޅާފައިވާ ބޭސްމަންޓްތަކާއި ބޭސްމަންޓްތަކުގެ ވަށައިގެންވާ ގައުފޮޅު، މި އިޢުލާނުގައިވާ ކުރެހުންތަކާއި އެއްގޮތަށް ރޭނުމާއި ތަކެތި ހަރުކުރުމާއި އަދި ނިންމުމުގެ މަސައްކަތްތައް.
  4. މިއިޢުލާނުގައިވާ ކުރެހުމާއި އެއްގޮތަށް، ޕާކުގައި ހަރުކުރާ ތަކެތީގެ ބޭސްމަންޓްތަކުގައި ފެހިކުލައިގެ ގްރާސް ކާޕެޓް އެޅުމާއި ފްލޯމެޓް އަޅަން ބުނެފައިވާ ބޭސްމަންޓްގައި ރަތްކުލައިގެ ފްލޯމެޓްއެޅުން.
  5. ކުރެހުންތަކުގައި ކާބްސްޓޯން ރާނަން ހުރި ހުރިހާ ސަރަޙައްދެއްގައި ކާބްސްޓޯން ރާނައި ސިމެންތިޖަހައި ކުލަލުން.
  6. ޕާކުގައި ހަރުކުރަންޖެހޭ ތަކެތި، ހަރުކުރަންޖެހޭ މިންތަކާއި އިންތައް ބަލައި އެތަކެތި ބަހައްޓަންޖެހޭ ތަރުތީބުން ތަކެތި ހަރުކުރުމުގެ މަސައްކަތްކުރުން.
  7. ޕާކުގެ ގައުއަތުރަން ބުނެފައިވާ ސަރަޙައްދުތަކުގައި ގައު އެތުރުމާއިއެކު ފްލޯ ޕެއިންޓްލުމާއި ފްލޯގައި ކުރެހުން.
  8. ޕާކުގައި ދޮންވެލިލާން ބުނެފައިވާ ސަރަޙައްދަށް ދޮންވެލިލުން.
  9. ޕާކުގެ ކަރަންޓް ވައިރިން އެޅުމާއި ވައިރިންގެ މަސައްކަތްތައް ނިންމައި ލައިޓްހަރުކޮށް ޕާކުދިއްލުން.
  10. ޕާކުގެ ފެންހިންދާ ކާނުތައް ކޮންކްރިޓްކުރުމާއި ކާނުވަޅުލުން.
  11. ޕާކުގެ ގޮނޑިތައް ކޮންކްރިޓްކުރުމާއި ހަރުކުރުމާއި ގޮނޑީގެ ލަކުޑި މަސައްކަތްތައް ނިންމާ ވަރުނީސްލުން.
  12. ޕާކުގެ ކެންޓީނު ޢިމާރާތް ރޭނުމާއި ފެނާއި ކަރަންޓް ވައިރުކުރުމާއި ސިމެންތި ޖެހުމާއި ތަޅުން އެޅުމާއި ސީލިންގްކުރުމާއި ސީލަރުލުމާއި ކުލަލުން
  13. ޕާކުގެ ފައުންޓެއިން އިންނަ ސަރަޙައްދު ފާހަގަކޮށް އެސަރަޙައްދަށް ދޮންވެލިލުން
  14. ޕާކުގެ ނަންބޯޑު ހެދުން
  15. ޕާކަށް ކަރަންޓް ލުން. (މަގުމަތީ ޑީބީން ޕާކަށް ފެނަކައިން ޤަބޫލްކުރާ ފެންވަރުގެ ކަރަންޓް ކޭބަލްއެޅުން)
  16. މިއިޢުލާނުގައިވާ ކުރެހުމާއި އެއްގޮތަށް، ޕާކު އެތެރޭގެ ކަރަންޓް ވައިރިން އެޅުން

މިމަސައްކަތްތައް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލްގެ ބިޑް ހުށަހަޅާފޯމް ފުރިހަމަކުރައްވައި 2021 އޭޕްރީލް 15 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު، އަންދާސީ ހިސާބު ހުށަހަޅުއްވާ ގަޑީގައެވެ.

މިމަސައްކަތާއިގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 2021 އޭޕްރިލް 08 ވާ ބުރާސްފަތި ދުވަހުގެ 13:00 މިއިދާރާގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރި ނުވިނަމަވެސް އަންދާސީ ހިސާބު ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ.

އަގު ހުށަހަޅަންވީ ގޮތް:

- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކޮށްފައިވާ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައެވެ.

- އަންދާސީ ހިސާބު އިވެލުވޭޓް ކުރާއިރު ބެންޗްމާރކްގެ ގޮތުގައި ބަލާނީ ހުށަހަޅާފައި އޮންނަ އެންމެ ކުޑަ އަގެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.         

"ކުޑަކުދިންގެ ޕާކް ޤާއިމްކުރުން"

                      މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

                             ރ. މަޑުއްވަރި، ދިވެހިރާއްޖެ

  •  ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

- ކުންފުނި/އިންވެސްޓްމެންޓްގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ

- ކުންފުނީގެ ޕްރޮފައިލް

- ތަޖުރިބާގެ ލިޔުންތައް

- އަންދާސީ ހިސާބު ހުށަހަޅާ ފޯމް

- މަސައްކަތު ތާވަލު

 

  •  މާކްސް ދެވޭގޮތުގެ ތަފްސީލު:
  1. މާކްސް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

- އަގު %85

- މުއްދަތު

- ތަޖުރިބާ %5

  1. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަޝްރޫޢާއި ބެހޭގޮތޮން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2021 އޭޕްރިލް 14 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

04 އޭޕްރިލް 2021
ހޯދާ