ޅައިމަގު ސްކޫލް/ ށ.ޅައިމަގު
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރުން ހޯދުން

 މަޤާމު:

 ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު:

04

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (09 މަސް ދުވަސް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޅައިމަގު ސްކޫލް / ށ. ޅައިމަގު

މުސާރަ:

-/5000 ރުފިޔާ

އިތުރު އިނާޔަތް:

މިވަޒީފާއަށް އިތުރު އެއްވެސް އިނާޔަތެއް ދިނުމަށް ހަމަޖެހިފައެއްނުވެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- ސްކޫލްގެ ގޯތިތެރެއާއި އެންމެހައި އިމާރާތްތަކާއި އިމާރާތްތަކުގައިވާ ތަކެއްޗާއި ގޯތިވަށައިގެންވާ މަގުތަކުގެ ސެކިޔުރިޓީ ބެލެހެއްޓުން.

- ޑިއުޓީ ކުރަމުންދާއިރު އާދަޔާއި ޙިލާފުކަމެއް ހިނގައިފިނަމަ، ވަގުތުން އެކަމެއް ސްކޫލެއްގެ މަސްޢޫލުވެރިޔަކަށް އެންގުން. އަދި ބެލެހެއްޓުމުގެ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން އިތުރުކަމެއް ކުރަންޖެހިއްޖެނަމަ އެވަގުތަކަށް ކުރެވެން އޮތްކަމެއް އެކަށީގެންވާ ގޮތެއްގައި ކުރުން.

- ސްކޫލު ބަންދުކުރުމުން ސްކޫލުގައި ތަޅުލައި ބަންދުކޮށްފައި ހުންނަންޖެހޭ އެންމެހައި ތަންތަން ހުރީ ރަނގަޅަށް ބަންދުކޮށް ތަޅުލައިފައިތޯ ޗެކްކުރުން. ސްކޫލުބަންދު ގަޑީގައި ކަމާއި ނުބެހޭ އެއްވެސް މީހެއް ނުވަތަ އެއްޗެއް ވިޔަސް ސްކޫލްތެރެއަށް ނުވެއްދުން.

- ސްކޫލް ބަންދުކޮށްފައި ހުންނައިރު ދޮރެއް ހުޅުވިފައި ހުރިކަން ނުވަތަ ބަންދުނުވެ ހުރިކަން އެނގިއްޖެނަމަ ވީހާ އަވަހަކަސް ސްކޫލްގެ ކަމާއިބެހޭ ވެރިޔަކަށް އެންގުމާއިއެކު އެކަމެއް ހައްލުކުރުން.

- ބަންދުގަޑީގައި ސްކޫލް ވަކިކަމަކަށް ވަނުމަށް ހުއްދަދީފައިވާ މީހުން ފިޔަވައި އެހެން މީހުން ސްކޫލްގެ ގޯތިތެރެޔަށާއި ޢިމާރާތަށް ވަނުން މަނާ ކުރުން.

- ޑިޔުޓީގައި ހުންނައިރު މަދުވެގެން ކޮންމެ ގަޑިޔަކު އެއްފަހަރު ސްކޫލުގެ ގޯތިތެރެއާއި ޢިމާރާތްތަކާއި ވަށައިގެންވާ މަގުފާރު ޗެކްކުރުން. އަދި އާދަޔާއި ޙިލާފުކަމެއް ފާހަގަ ކުރެވޭނަމަ އެކަމެއް ސުކޫލްގެ ވެރިއަކަށް އަންގުން.

- ހެނދުނު 06:00 ގައި ދިދަ ނަގާ ހަވީރު 06:00 ގައި ދިދަ ތިރިކުރުން.

- ސެކިޔުރިޓީ ބެލެހެއްޓުމުގެ ވަޒީފާގައި ތިބެންޖެހޭނީ ސިއްޙީގޮތުން އެކަމަށް އެކަށީގެންވާ އުމުރުން 18 (އަށާރަ) އަހަރުންމަތި 65 (ފަސްދޮޅަސް ފަހެއް) އަހަރުން ދަށުގެ ދިވެއްސެއް ކަމުގައި ވާންވާނެއެވެ.

- ޑިޔުޓީގައިހުންނައިރު މޯބައިލް ފޯނެއް އޮތުން.

- ޑިޔުޓީ ޝިފްޓް ބަދަލުވާއިރު ޑިޔުޓީގައިހުރި މީހާ ދާންވާނީ އެޑިޔުޓީ ޝިފްޓް ބަދަލުވާ ސެކިޔުރިޓީ އޮފިސަރަކަށް އެޑިޔުޓީއެއްގައި ނޯޓްކޮށްފައިހުރި އަދި ރައްކާތެރިވާންޖެހޭނެ ކަމެއްވާނަމަ އެކަން އެންގުން.

- ސްކޫލްގައި އޯލެވެލް، އޭލެވެލް އިމްތިހާނު އޮންނަ ދުވަސްވަރު އިތުރުކުއްޔަކާއިނުލާ ޑިޕާޓްމަންޓް އޮފް ފަބްލިކް އެގްޒެމިނޭޝަން އިން ކަނޑައަޅުއްވާ ފެންވަރަކަށް ސްކޫލްގައި އިމްތިހާން ކަރުދާސް ބަހައްޓާ (ރައްކާތެރި ކޮޓަރި) ގެ ސެކިޔުރިޓީ ބެލެއްޓުން.

- ސްކޫލުގައި އަހަރުތެރޭގައި ބޭއްވޭ އެކިއެކި ބޮޑެތި އިހުތިފާލުތަކާއި ޝޯވ ފަދަ ކަންތައްތައް ބާއްވާ ވަގުތުތަކުގައި އެކަމަކާއި އެކަށީގެންވާ ފެންވަރަކަށް ސްކޫލުން އަންގާ ގޮތެއްގެ މަތިން އިތުރު އަގަކާއިނުލައި ސެކިޔުރިޓީ ބަލަހައްޓައިދިނުން.

- އިމާރާތާއި ގޯތިތެރޭގައިވާ ދިއްލުންތައް، ހަމަޖެހިފައި އޮންނަ އުޞޫލުން ދިއްލައި ނިއްވުން.

- ވޮޗަރުންގެ ބެލުމުގެ ދަށުގައިވާ ތަންތަން ހުޅުވައި ލެއްޕުން (ކަނޑައެޅިފައިވާ ގަޑިތަކުގައި، ގޭޓް ހުޅުވައި ލެއްޕުން)

- ތަނުގައި ދިމާވާ މައްސަލަތައް، ކަމާބެހޭ ވެރިންނަށް، ހިނދުން ހިނދަށް، ޤަވާއިދުން ރިޕޯޓްކުރުން.

- އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަންދިނުން.

- ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން އެނގުން (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިން ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމް

25

10

10

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

20

30

30

ލިބިފައިވާ ހުނަރު

އިންޓަރވިއު

100

60

60

ޖުމްލަ

145

100

100

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 އޭޕްރިލް 2021 ގެ 13:00 ގެ ކުރިން، ޅައިމަގު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް[email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކޮށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 15 އޭޕްރިލް 2021 އާއި 22 އޭޕްރިލް 2021 އާ ދެމެދު، ޅައިމަގު ސްކޫލުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 0578 654 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

04 އޭޕްރިލް 2021
ހޯދާ